މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުސް ޔުނިފޯގައި ސާވިސް ނަމްބަރު ހިމަނައިފި

ފުލުހުންގެ ރަސްމީ ޔުނިފޯމްގައި ސާވިސް ނަމްބަރު ފެންނަ ގޮތަށް ފުލުހުންގެ ޔުނިފޯމަށް ބަދަލު ގެނެސްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ޖަވާބުދާރީ ކުރުވުމަށް އެމީހަކީ ކާކުކަން ދެނެގަތުން ވަރަށް މުހިއްމު ކަމަށެވެ. އަދި ފުލުހުން ޖަވާބުދާރީ ކުރުމަށްޓަކައި މިއީ ވަރަށް މުހިއްުމު ފިޔަވަޅަކަށް ވެސް ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ޔުނިފޯމަށް ގެނައި ބަދަލާއެކު ޔުނިފޯމުގައި ހިމެނޭ ނަމާއެކު ސާވިސް ނަމްބަރު ވެސް ޖަހާފައި ހުންނާނެ އެވެ.

ކޮމިޝަނާ ހަމީދު ކުރެއްވި ޓްވީޓް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ފުލުހުން ޔުނިފޯމް ނުލައި ގޮސް ބަޔަކު ހައްޔަރު ކުރި މައްސަލަ ދިމާވި އެވެ. ނަަމަވެސް ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ އިރު ފުލުހުން ޔުނިފޯމްގައި ތިބުން ލާޒިމް ނޫން ކަމަށް މިދިޔަ އަހަރުގެތެރޭ ހައިކޯޓްގެ ހުކުމަކުން ކަނޑައެޅި އެވެ.