- އުފަންދުވަސް: ސެޕްތެންބަރ 17، 1950
- އުފަން ތަން: ވަދްނާގަރު، ގުޖްރާތު، އިންޑިޔާ
- ފުރިހަމަ ނަން: ނަރެންދުރަ ދަމޯދަދާސް މޯދީ
- ބައްޕަގެ ނަން: ދަމޯދަދަދާސް މޯދީ
- މަންމަގެ ނަން: ހިރާބަ މޯދީ
- ކާވެނީގެ ގޮތުން ގުޅިފައިވަނީ: ޖަޝޯދަބެން މޯދީ
- ތައުލީމު: ބީއޭ، ދެެއްލީ ޔުނިވަރސިޓީ 1978، އެމްއޭ ގުޖްރާތު ޔުނިވަރސިޓީ 1983
- ދީން: ހިންދޫ
މުހިއްމު މައުލޫމަތު
އުމުރުފުޅުން 18 އަހަރުގަ މޯދީ ކައިވެނި ފުޅު ބައްލަވައިގަތެވެ. ދެހާސް ސާދަ ވަނަ އަހަރު ބޮޑުވަޒީރު ކަމާއި ކުރިމަތިލެއްވުމުގެ ކުރިން މުޅިން ވިދާޅުވަނީ ކައިވެނިފުޅެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް އިންތިހާބަށް ކުރިމަތި ލެއްވުމާއި ހަމައިން އަދި އިލެޝަނަށް ކެންޑިޑޭޓުންގެ ފޯމު ހުށައެޅުއްވި އިރު ދެން އިތުރު ގޮތެއް ނެތިގެން ކައިވެނިފުޅެއް ކުރައްވައިގެން އުޅުއްވާ ކަމަށް އިއުތިރާފް ވެވަޑައިގަތެވެ.
ޒުވާން އުމުރު ފުޅުގައި އމިއްލަ ގެ ދޫކުރައްވާ އިންޑިޔާގެ އެކި ހިސާބައް ދަތުރު ކުރެއްވި އެވެ.
ސޯޝަލް މީޑިޔާ އާއި ގާތް ބޭފުޅެއްގެ ގޮތުގައި އެބޭފުޅާ ފާހަގަ ކުރެވެއެވެ. އަދި މިހާރުވެސް ޓްވިޓާ އަދި ފޭސް ބުކް އެކަންއުންޓެއް ގެންގުޅުއްވަ އެވެ. ބާރަކް އޮބާމާ ނަންގަވާފަ ދުނިޔޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ދެ ވަނައަށް އެންމެ ގިނަ ޓުވިޓާ ފޮލޯވަޒްއިން ގެން ގުޅުއްވަނީ އެބޭފުޅާ އެވެ. އެއީ 47 މިލިޔަނަށް ވުރެ ގިނަ ފޮލޯވާޒްއިންނެވެ.
އިންޑިޔާ، އިނގިރޭސިންގެ އަޅުވެތިކަމުން މިނިވަންވި ފަހުން "މިނިވަން އިންޑިޔާ" އަށް އުފަން އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރަކީ ވެސް މޯދީ އެވެ.
ފާހަގަ ކޮއްލެވޭ ކަންކަން
އޮކްޓޫބަރ 3، 1972- ހައްދުފަހަނަ އާފައިވާ ވަތަނީ ހިންދޫ ޖަމާއަތެއްކަމުގައިވާ ރާޝްތްރިޔާ ސުވަޔަމްސަވެކް ސަންގް (އާރުއެސްއެސް) އާއި މޯދީ ރަސްމީ ސިފައެއްގައި ގުޅިވަޑައިގަތެވެ.
ޖޫން 1975- އިންދިރާ ގާންދީގެ ވެރިކަމުގައި "ހާއްސަ އިމަޖެންސީ ހާލަތު" އިއުލާންކުރުމާއި ގުޅިގެން ރައްޔިތުންގެ މަދަނީ ހައްގުތައް ގެއްލިފައި ވާތީ އެ ހައްގުތަށް ހޯދުމަށް ކުރެވުނު މުޒާހަރާތަކުގައި މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
1987- އިންޑިއާގެ މެއިން ސްޓްރީމް ޕޮލިޓިކްސް އާއި ގުޅިވަޑައިގަތެވެ. އެ ގޮތުން ބަހާރަތިޔާ ޖަނާތާ ޕާޓީގެ މެންބަރަކަށް ވެވަޑައިގަތެވެ. އޭގެ ފަހުން ބީޖޭޕީ، ގުޖްރާތު ސްޓޭޓްގެ ޖެނެރަލް ސެކެޓްރީ ގެ މަގާމަސް އިންތިހާބު ކުރެވުނެވެ.
އޮކްޓޫބަރ 3، 1995- ބީޖޭޕީގެ ސެކެޓްރީކަމުގެ މަގާމަށް އިސްކުރެވުނެވެ.
ޖެނުއަރީ 5، 1998- ބީޖޭޕީގެ ގެނެރަލް ސެކެޓްރީކަމުގެ މަގާމަށް އިސްކުރެވުނެވެ.
އޮކްޓޫބަރ 2001- ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ އިސްނެންގެވުމަކަށް ގުޖުރާތުގެ ޗީފް މިނިސްޓަރުކަމަށް މޯދީ އިސްކުރެވުނެވެ.
ފެބްރުއަރީ 27، 2002- ހަރުކަށި އިސްލާމީ ވިސްނުމުގެ ބަޔަކު ހިންދޫންގެ ހަންގުރާމަ ވެރި ބަޔަކު ދުއްވަމުން ދިޔަ ރޭލެއްގައި ރޯކޮއްލި އެވެ. މީގެ ސަބަބުން 100 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާތައްލިބި މަރުވެގެންދިޔައެވެ. ނަތީޖާ އެއްގެ ގޮތުން ޖެހިގެން އައިދުވަހު ހައްދުފަހަނަ އަޅާފައިވާ ހިނދޫން ނުކުމެ 1000 ވުރެ ގިނަ މުސްލިމުންނަށް އަނިޔާކޮށް، ރޭޕްކޮށް ކަތިލާ ހެދިއެވެ. މިހުރިހާ ކަމެއް ހިންގާދިޔައީ ޗީފް މިނިސްތަރ މޯދީގެ ގުޖުރާތުގައެވެ. ގުޖުރާތުގައި ހިންގި މި ދީނީ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމުގެ ބަދަލުގައި އެކަންކަން ނުފެންނަވާ ކަމައް ހައްދަވައިގެން އުޅުއްވުމުން ވަރަށް ގިނަ ތުހުމަތުތަކެއް މޯދީ މައްޗަށްވަނީ އުފުލިފައެވެ. އެހެން ނަމަވެސް އެމައްސަލަ އާއި ގުޅިގެން އެއްވެސަކަމެއް މޯދީގެ މައްޗަށް ސާބިތެއް ނުވެއެވެ.
ދިސެންބަރ 2002- ގުޖުރާތުގަ ހިންގި ހަމަނުޖެހުމާއި ގުޅިގެން އަދި އެކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކުރެއްވިކަމަށް ބައްލަވާ އުފެދިގެން އައި ސިޔާސީ ޕްރެޝަރާއި ހެދި މޯދީ ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ހަމަ އަލުން އަނެއްކާ ޗީފް މިނިސްޓަރުކަމަށް ހަމަ އެހަރު މޯދީ އިންތިހާބު ކުރެވުނެވެ.
2005- މޯދީއަށް ވިސާދިނުމަށް އެމެރިކާއިން ދެކޮޅު ހެދިއެވެ. އެއީ ގުޖުރަތުގަ ހިންގި ލޭއޮހޮރުވުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ މޯދީ ކަމުގައި އެފަރާތުން ދެކޭތީއެވެ.
ޖިލައި، 2007- ގުޖުރާތުގަ އެންމެ ގިނަ ދުވަސް ވަންދެން ޗީފް މިނިސްޓަކަން ކުރެއްވި ބޭފުޅާގެ ފަހުރު ހޯއްދެވިއެވެ. އެއީ 2063 ދުވަހެވެ.
ޑިސެންބަރ 23، 2007- މޯދީ ގުޖްރާތުގެ ޗީފް މިނިސްޓަރަކަށް އިންތިހާބު ކުރެވުނެވެ.
ޑިސެންބަރ 20، 2012- މޯދީ ގުޖްރާތުގެ ޗީފް މިނިސްޓަރުކަން 4 ވަނަ ފަހަރަށް ކުރެއްވިއެވެ.
ޖޫން 2013- ބީޖޭޕީގެ ލީޑަރުގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އަދި 2014 ވަނަ އަހަރު އިންތިހާބު ކާމިޔާބު ކޮއްފިނަމަ ދެން އަންނަން ހުރި ބޮޑުވަޒީރަކީ މޯދީ ކަމުގައި ވެގެން ދިޔައެވެ.
މެއި 20، 2014- މޯދީ ބީޖޭޕީގެ ލިޑަރުގެ ގޮތުން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ބޮޑުވަޒީރަކަށް ހަމަޖެހިގެން ދިޔައެވެ.
މެއި 26، 2014- އިންޑިޔާގެ 14 ވަނަ ބޮޑުވަޒީގެ ގޮތުގައި މޯދީ ހުވާކުރެއްވިއެވެ.
ސެޕްޓެންބަރ 25، 2014- ދި އެމެރިކަން ޖަސްޓިސް ސެންޓަރ ކިޔާ ހިއުމަން ރައިޓްސް ގުރޫޕަކުން މޯދީ، ގުޖުރާތުގައި މުސްލިމުންނާ ދެކޮޅަށް ހިންގި މައްސަލަ ފައިލްކުރިއެވެ.
ސެޕްޓެންބަރ 27-30، 2014- ބޮޑުވަޒިރުކަން ލިބިވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން ރައީސް ބަރާކް އޮބާމާއާއި ބައްދަލުކުރެއްވިއެވެ.
ނޮވެންބަރު 5، 2014- ފޯބްސް މެގަޒިންއިން ހޮވާ ދުނިޔޭގެ އެންމެ ބާރުގަދަ، ނުފޫޒުގަދަ މީހުންގެ ލިސްޓުފެ 15 ވަނައިގައި ހިމެނުނެވެ.
ޑިސެންބަރ 8، 2014- ޓައިމް މެގަޒިންގެ ފަރާތުން އަހަރަކު އެއްފަހަރު ހޮވާ ދުނިޔޭގެ ޝަހުސިއްޔަތުގެ ޝަރަފް ވަނީ މޯދީއަށް ލިބިވަޑައިގަންފައެވެ.
ޖެނުއަރީ15، 2015- މޯދީ އާއި ދެކޮޅަށް އެމެރިކާގެ ކޯޓަށް ލެވިފައިވާ އިންސަނިޔަތާ ހިލާފް އަމަލު ހިންގުމުގެ މައްސަލަ އެކޯޓުން ބޭރުކޮއްލިއެވެ.
ޖެނުއަރީ 25-27، 2015- އެމރިކާގެ ރައީސް ބަރާކް އޮބާމާ އިންޑިޔާއަށް ވަދައިގެން މޯދީ އާއި ބައްދަލުކުރެއްވިއެވެ. އޮބާމާ ވެގެން ދިޔައީ ރައީސްކަމުގެ ދައުރުގައި 2 ފަހަރު މަތިން އިންޑިޔާއަށް ޒިޔާރަތްކުރެއްވި ފުރަތަމަ ރައީސް އަށެވެ.
ޑިސެންބަރ 25، 2015- މޯދީ ޕާކިސްތާނަށް ވަޑައިގެން ބޮޑުވަޒީރު ނަވާޒް ޝަރީފާއި ބައްދަލުކުރެއްވިއެވެ. މޯދީގެ ޕާކިސްތާން ދަތުރުފުޅު ވެގެން ދިޔައީ 12 އަހަރު ތެރޭ އިންޑިޔާގެ ބޮޑުވަޒީރަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރު ފުޅަށެވެ.
ޖޫން 8، 2016- މޯދީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލިހުގައި ތަގްރީރު ކުރެއްވިއެވެ. މިއީ އެމެރިކާގެ ޖޮއިންޓް ކޮންގްރެސް ސެޝަންއެއްގައި ތަގްރީރު ކުރެއްވެވި އިންޑިޔާގެ 5 ވަނަ ބޮޑުވަޒީރެވެ.
ޖޫން 26، 2017- ފުރަތަމަ ފަހަރަށް ބޮޑުވަޒީރު މޯދީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްއާއި ވައިޓްހައުސްގައި ބައްދަލުކުރެއްވިއެވެ.
ޖުލައި 4، 2017- އިޒްރޭލްއަށް ވަދައިގެންނެވި ފުރަތަމަ އިންޑިޔާގެ ބޮދުވަޒީރަކީ މޯދީއެވެ. މޯދީ ވަނީ އިޒްރޭލަށް 3 ދުވަހުގެ ދަތުރެއް ކުރައްވާފައެވެ.
މެއި 23، 2019- ހައިރާންކުރަނިވި އައްލަބިއްޔަތާކާއި އެކު އިންދިޔާގެ އާންމު އިންތިހާބު މޯދީ ކާމިޔާބު ކުރެއްވިއެވެ. ބިޖޭޕީއިން ވަނީ އެ އިންތިހާބުގައި 303 ގޮނޑިކާމިޔާބު ކޮއްފައެވެ.
މެއި 30، 2019- 2 ވަނަ ދައުރަކަށް އިންދިޔާގެ ބޮދުވަޒީރު ކަމުގެ ހުވާ ކުރެއްވިއެވެ.
ޖޫން 8، 2019- 2 ވަނަ ދައުރަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމަށް ފަހު މޯދީ ފުރަތަމަ ފަހަރަށް ގައުމުން ބޭރަށް ކުރާއްވާ 2 ދުވަހުގެ ދަތުރުފުޅުގައި މިއަދު ރާއްޖޭގައެވެ.