ދުނިޔެ

އިންޑިއާއިން ރަޝިއާއާ ގުޅުން ކަނޑައެއްނުލާނެ: ގޮޚާލޭ

ނިތިން ގޮޚާލޭ -- ހުޅަނގުން ޕްރެޝަރުކުރި ނަމަވެސް އިންޑިއާއިން ރަޝިއާއާ ގުޅުން ކަނޑާ ނުލާނެ ކަމަށް ވިދާޅުވި
0%
0%
0%

އިންޑިއާ އާއި ރަޝިއާއާ އެކު އޮތް ގުޅުމަކީ ޒަމާނަށް އޮތް އިމްތިހާނެއް ކަމަށް ތަރުޖިބާކާރު ނޫސްވެރިޔާ ނިތިން ގޮޚާލޭ ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ އާރްޓީ ހަބަރު ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ގޮހާލޭ ވިދާޅުވީ ހުޅަނގުން އިންޑިއާއަށް ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ރަޝިއާއާ އެކު އޮތް ގުޅުން އެ ގައުމުން ކަނޑާނުލާނެ ކަމަށެވެ.

އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތީ ބަޔަކު ބުއްދިލައިދީގެން އުފެދިފައި އޮތް ގުޅުމެއް ނޫން ކަމަށް ނޫސްވެރިޔާ ވިދާޅުވި އެވެ. މި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ފަހަތުގައި ދިގު މާޒީއެއް އެބައޮތް ކަމަށާއި -- ގުޅުން ގާއިމުވެ، ބަދަހިވެފައި އޮތީ ތެދުވެރިކަމާއި އަޅާލުމުގެ މައްޗަށް ކަމަށްވެސް ވިވާޅުވި އެވެ.

ގޮޚާލޭ ވިދާޅުވި ގޮތުގައި ސޯވިއެޓް ޒަމާނުއްސުރެ އިންޑިއާ އާއި ރަޝިއާއާ ދެމެދު ހަރުދަނާ ގުޅުމެއް އޮވެ އެވެ. އަދި ރަޝިއާއާ ގުޅުން ކަނޑާލުމަށް ދައްކާނެ ބުއްދިގަބޫލުކުރެވޭ ވަރުގެ ސަބަބުތަކެއް އިންޑިއާއަށް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަކީ ގައުމުތަކުގެ މެދުގައި ގާތްގުޅުމެއް ބޭއްވުމަށް ލޯބިކުރައްވާ ލީޑަރެއް ކަމަށާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ އެކު މޯދީ ވަރަށް ގާތް، އެކުވެރި ގުޅުމެއް ބާއްވަވާ ކަމަށެވެ.

ގޮޚާލޭ ވިދާޅުވި ގޮތުގައި މޯދީ އާއި ޕޫޓިން އަކީ ކޮނޑަށް އަތްލައިގެން މަޝްވަރާކުރެވޭ ވަރުގެ ގާތް ދެ ލީޑަރުންނެވެ. މިވަރުގެ ގާތް ގުޅުމެއް ބުރިކޮށްލައި އެއްލާލުމަށް ބަޔަކު ދައްކާނެ ބަހާނެއް ނޯންނާނެ ކަމަށްވެސް ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވި އެވެ.

ރަޝިއާ އާއި އިންޑިއާ އަކީ އެއްބަޔަކު، އަނެއް ބަޔަކު ފަރިތަކޮށް ދަންނަ ދެ ގައުމު ކަމަށްވެސް ގޮޚާލޭ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކޮށް އެކަހެރި ކުރުމަށް، ހުޅަނގުން އިންޑިއާއަށް ކުރި ޕްރެޝަރަށް އިންޑިއާ އިޖާބަނުދިނީ -- ރަޝިއާ އަކީ އަބަދުވެސް ބޯއަޅާލަން ކޮނޑު ދީގެން އޮންނަ ގައުމަކަށް ވާތީ ކަމަށް ނޫސްވެރިޔާ ވިދާޅުވި އެވެ. ރަޝިއާ ހާުލުގައި ޖެހިފައި އޮތްއިރު އިންޑިއާއިން އޯގާތެރިވަނީ މި ސަބަބާ ހެދި ކަމަށްވެސް ވިދާޅުވި އެވެ.

ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް ދުނިޔެ ދަންނަ ހުރިހާ ސިނާއަތަކުން ރަޝިއާ ބޭރުކުރަން ހުޅަނގުން ރާވައި ތަންފީޒުކުރި ނަމަވެސް، ރަޝިއާ އެކަނިވެރިވެފައި އޮތް ކަމަށް އެކަކުވެސް ގަބޫލުނުކުރާ ކަމަށްވެސް ގޮޚާލޭ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910