ދުނިޔެ

އިންޑިއާއިން ފުރަތަމަ ފަހަރަށް ދުރު ރާސްތާގެ ހައިޕަސޮނިކް މިސައިލެއް ޓެސްޓްކޮށްފި

އިންޑިއާއިން ދުރު ރާސްތާ ހައިޕަސޮނިކް މިސައިލެއް ޓެސްޓްކޮށްފި އެވެ. އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުން އަޖުމަބެލުމުގެ ހުރިހާ މަރުހަލާއެއް ވަރަށް ކާމިޔާބެވެ.

މިއީ އިންޑިއާއިން ދުރު ރާސްތާ ހައިޕަސޮނިކް މިސައިލެއް ޓެސްޓްކުރި ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ރަޖްނާތު ސިންގް ސިފަކުރެއްވި ގޮތުގައި މިއީ އިންޑިއާއަށް ތާރީޚީ ކާމިޔާބެކެވެ. އިންޑިއާގެ އަމިއްލަ ސައިންސްވެރިންގެ ކުޅަދާނަކަން މިކަމުން ދޭހަކޮށްދޭ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އިންޑިއާ އަކީ ޖައްވީ ވާދަވެރިކަމުގައި ވެސް އަމިއްލް ހޯދުންތަކުން ފަޒާއަށް ދަތުރު ފަށާފައިވާ ގައުމެކެވެ. ޖައްވީ ރޭހުގައި ވާދަވެރިންނަށް ދޫނުކުރާ ވަރުގެ ކުރިއެރުންތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާ ވަނީ ހޯދާފަ އެވެ.

އިންޑިއާގެ މި ކާމިޔާބީއާ އެކު، ހައިޕަސޮނިކް ޓެކްނޮލޮޖީ އޮޅުކުރި ގައުމުތަކުގެ ތެރޭގައި އެ ގައުމު މިވަނީ ހިމެނިފަ އެވެ. މިއީ އަދި ދުނިޔެއަށް ދާދި އާ ޓެކްނޮލޮޖީއެކެވެ.

އިންޑިއާގެ އަސްކަރިއްޔާ ޒަމާނީކޮށް ބާރުވެރިކުރެއްވުމަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް ބޮޑު އުންމީދެކެވެ. އަސްކަރިއްޔާގައި އިންޑިއާގެ އަމިއްލަ އުފެއްދުންތައް ބޭނުކުރެވޭ ދުހަކަށް އުންމީދުކުރައްވާ ކަމަށް ބައެއް ހަފުލަތަކުގެ މޯދީ ވަނީ ވިދާޅުވެފަ އެވެ.

މޯދީގެ ޒައާމަތުގައި އިންޑިއާ މީގެކުރިން ހޯދާފައި ނުވާ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދާފަ އެވެ. އިގުތިސާދީ ގޮތުން، އުމްރާނީ ގޮތުން އަދި އަސްކަރީ ގޮތުން ވެސް އިންޑިއާ އަކީ ދުނިޔެ ޖެހިލުންވާ ވަރުގެ ގައުމަކަށް މިހާރު ވަނީ ވެފަ އެވެ.