ލައިފްސްޓައިލް

އާތިރާގެ ބޮޑު ޓްރާންސްފޮމޭޝަން!

ކަމެއް ޗެލެންޖަކަށްވަނީ މީހާ ބަދަލުވާ ހިސާބުންނެވެ. އާތިރާ އާދަމް، 22 ވަނީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މިހާރު މަގުމަތިން އޭނާ ދާއިރު ރަހުމަތްތެރިންއަށް ވެސް އެއީ އާތިރާ ކަންވެސް ނޭނގޭ ވަރަށް މީހާ ވަނީ އެއްކޮށް ޓްރާންސްފޯމް ކޮށްލާފަ އެވެ. މި ދަތުރު ފެށިއިރު އާތިރާގެ ގައިގައި 62 ކިލޯހުއްޓެވެ. މީހާ އެއްވެސް ގޮތަކަށް ފިޓެއް ނޫނެވެ.

އެކަމަކު މިހާރު އޭނާގެ ފިޓްނަސް ގޯލާ އެއްވަރަށް ވަނީ ބަރުދަން ލުއިކޮށްފަ ފައެވެ. މިހާރު 48 ކިލޯހުރި އެންމެ ބޮޑަށް މަސައްކަތް ކުރަނީ އެވަރު މެއިންޓެއިން ކުރާށެވެ. އާތިރާ ބުނާގޮތުގައި ދުވަހަކުވެސް ހަށިގަނޑުގައި ހުންނަންޖެހޭ ބަރުދަން ހުރި ހަނދާނެއް ނެތެވެ. ޔުނިވާސިޓީގައި ޑިގްރީ އަށް ކިޔަމުން ޕްރައިވެޓް ކުންފުއްންޏެއްގައި މަސައްކަތް ކުރަމުން މި ދަތުރު ފެށިގޮތް އާތިރާ ކިޔާދިނެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރުގައި ޖިމަކަށް ވަދެ ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރަން ފެށިތަނާ އޮފީސް ސްޓާފުން މެދުގައި އޮތް ޗެލެންޖެއްގައި އާތިރާ ބައިވެރިވުމަކީ މިހާ ބޮޑު ޓްރާންސްފޯމޭޝަންކަނަށް ދިއުމަށް މެދުވެރި ސަބަބެކެވެ.

"އޮފީހުގައި ފެށީ ހަތަރު މަސްތެރޭ އެންމެ ބޮޑަށް ހިކެނީ ކާކުތޯ ބަލަން ބިގަސްޓް ލޫޒާ ޗެލެންޖެއް. އޮފީހުގެ އުޅޭ 18 މީހުންނާއެކު ޗެލެންޖް ފެށީ. ބޭނުންވި ވަރަށް ހިއްކާލާ އެއްވަނަ ހޯދަން. އަބަދުވެސް ޖިމްތަކުގެ އެކި އެކި ޓްރައިލް ކްލާސަސް އަށް ދަން. މާލޭގެ ބޮޑެތި ޖިމްތަކު ވަރަށް ގިނަ ކްލާސް ޓްރައި ކުރިން. އެކަމު ދުވަހަކު ހަރެއް ނުލާ. ރޭޖްހިޓް ޖިމް ނަމުގައި އާ ޖިމެއް މާލެގައި ހުޅުވާ ތަފާތު ޕްރޮގްރާމެއް ފެށުމުން ޓްރައިލްއެއް ނެގީ. ވަރަށް ކަމުގޮއްސި ކްލާސް" އޭނާ ބުންޏެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރޭޖްހިޓް ޖިމްގައި ބައިވެރިވެ އާތިރާ ހަފުތާއަކު ތިން ދުވަހު ކުރިއަށް ގެންދިޔަ ހައިއިންޓެންސިޓީ އިންޓަވަލް ޓްރެއިނިން ޕްރޮގްރާމެކެވެ.

"ކުރިން ޖިމްގައި ހަރުނުލިޔަސް ފުރަތަމަ ހަތަރު މަސްދުވަހު އެންމެ ދުވަހަކު ވެސް މިސްއެއް ނުކޮށްލަން ކްލާހެއް. ހިޓް ކްލާސްއަށްފަހު ދެން ޖެހިގެން އައި ހަތަރު މަހުގައި ނެގީ ޕާސަނަލް ޓްރެއިނިން"


އާތިރާ ބުނި ގޮތުގައި އޭނާގެ މި ދަތުރުގެ ނަތީޖާއަކީ ކަސްރަތާއި އެއްވަރަށް ކެއުމަށް ބަލައިގެން އުޅުމުގެ ފޮނި ނަތީޖާ އެވެ.

"ކުރިން ކާ އެއްޗެއް ފެންނަ އިރަށް ކާލަނީ. މާ ބޮޑަކަށް ނުއެއް ވިސްނަން. އެންމެ ގިނައިން ކަނީ ޗިޕްސް ދަޅާއި ތެއްލި ކުކުޅާއި ދެން ސްޕްރައިޓް ބޯނީ."

އާތިރާ ބުނި ގޮތުގައި އޭނާ ވަނީ ކެއުން މަދުކޮށް އަދި ކެއުމުގައި ކާބޯހައިޑްރޭޓްސްގެ ބައިވެސް ވެސް މަދުކޮށްފަ އެވެ.

"ވަރަށް އުނދަގޫވި ކެއުން ކޮންޓްރޯލް ކުރަން. އަދި ތިން ފަހަރުގެ މަތިން ޑައެޓް ބަދަލު ކޮށްގެން ހިފެހެއްޓޭ ގޮތަށް ހަމަޖެހުނީ. އެކަމަކު އިންސްޓްރަކްޓަރުންގެ ލަފަޔާއެކު ކެއުމުގައި ކާބޯހައިޑްރޭޓް ހިމެނޭ މާއްދާތައް ބަދަލުކޮށްލީ. މިހާރު ކަނީ ހެނދުނު ބިސްގަނޑާއި ދޮންކެޔޮ، މެންދުރު ޗިކަން ސެލެޑް ދެން ރޭގަނޑު އޯޓްސް މިކަހަލަ ގޮތަކަށް ޑައެޓް ބަހައްޓަނީ."

އޭނާ ބުނިގޮތުގައި ހުކުރު ދުވަހު އެއީ ޗީޓް ޑޭ އެވެ. ބޭނުން އެއްޗެއް ކާލެވޭ ދުވަހެއް ގޮތުގައި އޮންނަ އިރު އެ ދުވަހު ކައި އުޅެނީ ގޭގައި ކައްކާ ބިރިޔާނީ އެވެ.

ނުވަ މަސް ދުވަހުން ހަށިގަނޑަށް މީހާ ބޮޑު ބަދަލެއް ގެނެވުނީ ޑެޑިކޭޝަން އިންނެވެ. ކަމެއް ކަމޭހިތާ ހިއްވަރާއެކު މަސައްކަތްކޮށްގެނެވެ. އާތިރާގެ މި ދަތުރުގައި ގިނަ ގޮންޖެހުންތަކެއްވެސް ދިމާވިއެވެ. އެހެންވެ މި ބަދަލު ގެނެވުނީ ވަރަށް ގިނަ ވަގުތު ވަރަށް ހިތްވަރާއެކު މަސައްކަތްކޮށް ދާ އޮހޮރުވައިގެނެވެ.

"އޮފީހުގައި އޮންނާނެ ވަރަށް ގިނަ ބޮޑެތި ކެއުން. އެންމެން އެއްވެގެން މިގޮތަށް ބޮޑެތި ކެއުންތަށް ބާއްވާނެ. ދެން އަވަހަށް ގެއަށް ދަނީ ބްރޭކަށް ގެއަށް ކާން. އޭރަށް ޑައެޓުން ބޭރުވެ ދާނެތީ. ދެން ކިޔަވަމުން އޮފީހަށް ދަމުން ޖިމަށް ދާން ވަގުތު ހޯދީ ހަމަ ޑެޑިކޭޓްވެގެން. ކިޔެވުމަށްވަށް ވެސް ވަރަށް ބޮޑު އެހީތެރިވި މިކަމުގައި. ޖިމަށް ދިއުން ވެގެން ދިޔަ ސްޓްރެސް ފިލުވާލަންވެސް ރަނގަޅު ކަމަކަށް"

"މިހާރު މަސައްކަތް ކުރަނީ މި ގޮތަށް މެއިންޓެއިން ކުރުމަށް. ވަރަށް ބޮޑަށް އިންސްޕަޔާވި ރޭޖްހިޓްގެ އިންސްޓްރަކްޓަރު ފައްޔަގެ ސަޕޯޓް. ހިތަކަށް ނާރާ ދުވަހަކުވެސް މިކަން ކުރެވިދާނެ ކަމަށް. އެހެންވެ ދެކެނީ މީ ވަރަށް ބޮޑު އެޗީވްމަންޓެއް ގޮތުގަ،"

އޮފީހުން ފެށި ލޫޒަރ ޗެލެންޖްވެސް އާތިރާ ވަނީ ކާމިޔާބުކޮށްފައެވެ. މިހާ ބޮޑަށް މީހާ ޓްރާންސްފޯމް ކޮށްލީ އޭނާ ބުނިގޮތުގައި އޭނާއާއި ގުޅޭ ކުރާހިތްވާ ކަހަލަ ވޯކްއައުޓެއް ލިބުމުންނެވެ.