ކޮވިޑް-19 އާއެކު ސިއްހީ ހިދުމަތްތެރިންނަށް އައީ ލިބޭނެ އެންމެ ބޮޑު އެލާޓެވެ. ކުރަން ހުރި އެހެން ހުރިހާ މަސައްކަތެއް ހުއްޓާލައި އެ އެއްމެން ނުކުތީ ރާއްޖޭގައި އެ ވައިރަސް ކޮންޓްރޯލް ކުރަން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅާށެވެ. ޑރ. ނަޒްލާ މުސްތަފާ އަކީ އޭގެ ތެރޭގައި ހިމެނި ވަޑައިގެންނެވި އެއް ޑޮކްޓަރެވެ. ސަރުކާރުގެ މައި ހޮސްޕިޓަލް ދަރުމަވަންތައާ އިންވެގެން ހުންނަ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ވަޑައިގެން ކޮވިޑްގެ ބަލާއާފާތާއެކު ނަޒްލާ މުސްތަފާ މަގަތު ސަފަށް ނުކުމެވަޑައިގެންނެވި އެވެ. އެހިސާބުން ނަަޒްލާ މުސްތަފާ އަކީވެސް ދެކެ ފަރިތައަށްވުރެ ބޮޑަށް ދަންނަ ރައްޓެހި މޫނަކަށް ވެއްޖެ އެވެ. އަދި ތަރިއަކަށް ވެއްޖެ އެވެ.
ކޮވިޑާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގައި ނަޒްލާ މުސްތޮފާގެ ވަރަށް ބޮޑު ދައުރެއް ޔަގީނުން ވެސް ވާނެ އެވެ. އެހެން ގޮތަކަށް ބުނާނަމަ ކޮވިޑުން އަރައިގަތުމަށް ދިވެހި ރާއްޖެއިން އެޅި ފައުންޑޭޝަންގައި ނަޒްލާ މުސްތޮފާގެ ދަަަައުރު ހަމަ ވަރަށް ބޮޑެވެ.
ނަޒްލާ މުސްތަފާއަކީ ވަރަށް ތައުލީމީ ބޭފުޅެކެވެ. ހޮސްޕިޓަލްގައި މަަސައްކަތް ކުރައްވަމުން ވަޑައިގެންނެވި އިރު އޭނާގެ ހިދުމަތް އިރުކޮޅަކަށް ވިޔަސް މެނދުކެނޑިފައިވާ ނަމަ އެއީ އުނގެނުމުގައި ހޭދަ ކުރެއްވި ވަގުތެކެވެ. ނަޒްލާ މުސްތޮފާ ވަނީ ނޭޕާލާއި ތައިލޭންޑާއި އިނގިރޭސި ވިލާތުން ކިޔާވާ ވިދާޅުވެފަ އެވެ. އެންމެ ފަހުން މާސްޓާސް ފުރިހަމަ ކުރެއްވީ އޮކްސްފޯޑް ޔުނިވާސިޓީގަ އެވެ. އަދި ސްޕެޝަލައިޒްވެ ވަޑައިގަތީ ޕީޑްރިއެޓިކް އިންފެކްޝަސް ޑިޒީޒުންނެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ކަން ކުރެއްވި ޑރ. މުސްތަފާ ލުތުފީގެ އެންމެ ހަގު ދަރިކަަނބަލުން ނަޒްލާ މުސްތަފާއަކީ އިންޑިއާގެ ދިއްލީން އެމްބީބީއެސް ފުރިހަމަ ކުރުމަށްފަހު 2002 އިން ފެށިގެން އައިޖީއެމްއެޗްގައި މަަސައްކަތް ކުރައްވާ ބޭފުޅެކެވެ.
"ކިޔަވެމަށް ފަހު އައިޖީއެމްއެޗް އާއި ގުޅުނުތާ ހަތަރު މަހެއްހާ ދުވަސް ފަހުން ކޮވިޑް ޕެންޑެމިކް މި ފެށުނީ. އެއާއެކު އެޗްޕީއޭގެ ޓީމާއި ގުޅި މަސައްކަތް ފަށައިގަތީ. މީގެ ކުރިން ވެސް އެޗްޕީއޭ އާއެކު ވާނީ މަސައްކަތްތައް ކުރެވިފައި. އެޗްޕީއޭގެ އިމިއުނައިޒޭޝަން ޕްރޮގްރާމަށް އައީ މަސައްކަތްކޮށް ދެމުން ވޮލަންޓިއާކޮށް" ނަޒްލާ މުސްތޮފާ ވިދާޅުވި އެވެ. "ކޮވިޑް ރާއްޖެއާ ލައްވާލި ފުރަތަމަ ކޮޅު ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު. އާ ބައްޔަކަށް ވުމުން އަދި އެއީ ޑިވެލޮޕިންގް ސިޓިއުޝަނަައަކަށް ވުމުން. ކަންކަން ހިންގާނެ ގޮތް ރާވާ އިންތިޒާމް ކުރުމަށް އެސްއޯޕީ ހެދުމާއި، ގައިޑްލައިން ހެދުމާއި އަދި ޓިީމުގެ މަޝްވަރާތަކާއެކު ހާލަތު ބަދަލުވާ ގޮތުން އެ ގައިޑްލައިންތައް އަޕްޑޭޓް ކުރުން ހިމެނޭ."
ނަޒްލާ މުސްތޮފާ ވިދާޅުވި ގޮތުގައި މަސައްކަތުގެ ގޮތުން އަބަދުވެސް ވަރަށް ރަނގަޅަށް އަޕްޑޭޓްތަކަށް ބަލަން ޖެހެ އެވެ. ސީޑީސީ އާއި ޑަބްލިއުއެޗްއޯގެ ރިކޮމެންޑޭޝަންތަކަށް ބަލަމުންދާން ޖެހި ވަޑައިގަންނަވަ އެވެ.
"މިސާލަކަށް ނިއު ވޭރިއެންޓާ ގުޅޭގޮތުން އަބަދުވެސް މައުލޫމާތު ހޯދަން ޖެހޭ. ޑެސިޝަން އެއް ނަގާއިރު މިކޮޅުގެ ހާލަތާއި އާ މައުލޫމާތުގެ އަލީގައި އެވިޑެންސް އަށް ބަލާފައި ޑެސިޝަނެއް ނަގަނީ... މިސާލަކަށް ކުރިން މައުލޫމާތަކީ ވެކެސިން ހަތަރު ހަފްތާއިން ދެވަނަ ޑޯޒް ޖެހޭކަމަށް. އެކަމަކު ފަހުން މި ބަދަލުވީ އަށް ހަފްތާއަށް ފަހުގައި ދެވަނަ ޑޯޒް ޖެހުމަށް ރިސާޗް ބުނާ ގޮތަށް. އެހެންވެ ވަރަށް އެލާޓްކޮށް އަޕްޑޭޓްކޮށް ހުންނަން ޖެހެނީ. ބޮޑު ޓީމާއަކާއެކު މަސައްކަތް ކުރާ އިރު އެކި މީހުންގެ އެކި އެކި އޮޕީނިއަންސް ހުންނަނީ،"
ނަޒްލާ މުސްތޮފާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ތިންވަނަ ރާޅާއި ހަމައަށް ދިޔައީ މަސައްކަތަކަށް މިންވަރެއްގެ ލުއެއް ލިބިފައި ވަނިކޮށެވެ. އަދި މިހާރު ވެކްސިނާ ގުޅޭގޮތުން އެކި ކަހަލަ މަސައްކަތް ކުރަމުން ގެންދަވަ އެވެ.
"ޑޯޒިންގް އާއި ސައިޑް އެފެކްޓްސް މޮނިޓަ ކުރާނެ ގޮތާއި އެބައިތައް އިވެލުއޭޓް ކުރުން. ކޮވިޑް-19 އިގެ ކުރީ ކޮޅު ރޯދަމަސް ތެރޭގައި ހެނދުނު ދާ ގޮތަށް ރޯދަވިީއްލަން ގެއަށް ދެވެނީ. އެއަށް ފަހު އަނެއްކާ އިޝާ ނަމާދު ކޮށްގެން ދާންވެފައި އޮންނަނީ. ފްރައިޑޭ އޯފް ލިބެން ފެށީ ވަރަށް ފަހުން"
ކޮވިޑް-19 އިގެ މަގަތު ސަފުގައި ބަލި މީހުނާ ގާތުން އެނާ ފަރުވާ ނުދެއްވި ނަމަވެސް އިންފެކްޝަން ކޮންޓްރޯލް ކުރަން ޓެގް ޓީމުގައި މުހިއްމު ދައުރެއް އޭނާ އަދާ ކުރައްވަ އެވެ. މީހުން ތަމްރީން ކުރުމާއި އަތޮޅުތަކުގެ ހާލަތު ބަދަލުވެއްޖެ ނަމަ ދަތުރު ކުރައްވަން ޖެހި ވަޑައިގަންނަވަ އެވެ. ވެކްސިނާއި ގުޅޭ ގޮތުން އެކުލަވާލާފައިވާ ކޮމިޓީތަކުގައި ބައިވެރިވެ ވަޑައިގެން އިސްވެ ބަލަހައްޓަވަ އެވެ.
ރާޢްޖޭގައި ކޮވިޑް-19 އިގެ ވެކްސިން ޕްރޮގްރާމްގެ ކާމިޔާބު ކަމަކީ ޕާސަނަލް އެޗީވްމަންޓަކަށް ނުވިޔަސް ނަޒްލާ މުސްތޮފާ ޓީމްގެ މަސައްކަތައް ފަހުރުވެރި ވަޑައިގަންނަވަ އެވެ. ވިދާޅުވި އެވެ: "ދުނިޔޭގެ ފެންވަރު ވެސް ރާއްޖެ ވެކްސިނުން މިއޮތީ ވަރަށް ކުރީގައި. އަޅުގަނޑަށް ހީވަނީ މިއީ އެއްމެންގެ މަސައްކަތުންހެން މިހާ ހިސާބަށް އާދެވުނީ. ރަނގަޅުވީ ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުން ދެއްވި ސަޕޯޓުން. ބަލިމީހާ އެންމެ ކަައިރީން ފެންނަނީ އެމީހުންނަށް. އެމީހުންގެ ސަޕޯޓް ވަރަށް ފާހަގަވޭ،"
"މަގުމަތިން ހުއްޓުވާފައިވެސް ބުނޭ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަމޭ ތިކުރާ މަސައްކަތަށް! ކޮންމެ ކަމެއްގައި ވެސް ތިބޭނެ ނޫންތޯ ބަލައިގަންނަ މީހުންނާއި ބަލައި ނުގަން މީހުން. އަޅުގަނޑުމެނަށް މަސައްކަތް ކުރެވޭނީ މީހުން ހޭލުންތެރި ކުރަން. އަދި ވެކްސިންގެ މުހިއްމުކަން ކިޔައި ދޭން".
ނަޒްލާ މުސްތޮފާ ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން ދަރުބާރުގޭގައި ކުރެއްވުނު މަސައްކަތުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ އެވެ. ކުރިން ހޮސްޕިޓަލް ވަޑައިގެން ބަލިމީހުން ބެއްލެވި ނަމަވެސް މި މަސައްކަތުގެ ތެރެއިން ތަފާތު އެކި އެކި ދާއިރާތަކުގެ މީހުންނާއި ބައްދަލުވެ ކުޑަވަގުތުކޮޅެއްގައި އެއްކޮށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހި ވަޑައިގެން ތަފާތު ތަފާތު ތަޖުރިބާތައް ކުރެއްވިފައި ވެއެވެ.
ނަޒްލާގެ މުސްތޮފާއަކީ ދެ ކުދިންގެ މަންމައެކެވެ. އެއީ 13 އަަހަރާއި 11 ގެ ދެބެންނެވެ. އޭނާ ސިއްހީ ދާއިރާ ނޫން ދާއިރާއެއް ކެރިއަރަކަށް ހިޔާރު ކުރެއްވި ފެނުން އެންމެ ގާތީ މެރިން ބަޔޮލޮޖިސްޓެއް ގޮތުގަ އެވެ.
"ކުޑަ އިރު ސެކްނަޑް ޗޮއިސްއަކީ މެރިން ބަޔޮލޮޖީ. މޫދާއި ތިމާވެއްޓަށް ލޯބި ކުރާތީ އެ ދާއިރާ ކަނޑައަޅާފައި އޮތީ. ކުދިން ގޮވައިގެން ވަރަށް ބޮޑަށް ބަލަން މޫދަށް ދެވޭތޯ ވެސް. ކަސްރަތު ކުރަން ބަރާބަރަށް ޖިމަށް ދަން. ޖިމް ބަންދު ކުރީމާ ގޭގައި ވޯކްއައުޓްސް ހަދަނީ"
ކޮވިޑާއެކު މަގަތު ސަފުގައި މިވަގުތު މަސައްކަތު އުޅުއްވެވި ނަމަވެސް ނަޒްލާ މުސްތޮފާ ފައްޓަވާފައިވާ ހާއްސަ މަސައްކަތެއް ވެއެވެ. އެއީ ކޮވިޑް އައުމުގެ ކުރިން އައިޖީއެމްއެެޗްގައި ކުރަމުން އައި މަސައްކަތަކެވެ.
"އެއީ އެންޓި ބައޮޓިކްސް ރެސިސްޓަންސް ނުވަތަ ބޭހަށް ނުގުޑާ ބެކްޓީރިއާ ކިހާ މިންވަރަށްކަށްތޯ ހުރީ ދެނެގަތުމަށް ކުރި ރިސާޗެއްގެ މަސައްކަތެއް. ހާއްސަކޮށް އައިސީޔޫގައި އެއް މަހުގެ ސާމްޕަލްތައް ނަގައިގެން މި މަސައްކަތް ކުރަން ފެށީ. މި ދިރާސާގެ ބޭނުނަމަކީ އެންޓިބައޮޓިކްސް މި ބޭނުން ކުރަނީ އެންމެ ރަނގަޅަށްތޯ އަދި އެންޓިބައޮޓިކްސް ރެސިސްޓަންސް ހުރީ ކިހާ މިންވަރަކަށްތޯ ދެނެގަތުން" އޭނާ ވިދާޅުވި އެވެ.
މާސްޓާސް ޕްރޮގްރާމް ފުރިހަމަކުރެއްވި އިރު ވެސް މި ފަދަ ރިސާޗެއް ވަނީ ހައްދަވާފަ އެވެ. އެންޓިބައޮޓިކްސް ރަނގަޅު ގޮތުގަައި ބޭނުން ނުކުރާ ނަމަ އުމުރުން ދުވަސްވެ ބަލި އެނދުގައި އޮންނަ އިރު ހަށިގަނޑުގައި ބޭހަށް ނުގުޑާ އިންފެކްޝަނެއް ހުރެ އެ ކޮންޓްރޯލް ކުރުމަށް އުދަގޫ ހާލަތެއް އަތުވެދާނެ އެވެ. ކުރިން ހެދި ރިސާޗުގެ ނަތިޖާ ދައްކާގޮތުގައި ވެސް އެންޓިބައޮޓިކްސް އަށް ނުގުޑާ ޖަރާސީމް ގިނަކަމަށް ފާހަގަވެފައި އޮތް ކަމުގައި ނަޒްލާ މުސްތޮފާ ވިދާޅުވެ އެވެ.
ނަޒްލާ މުސްތޮފާއަކީ ކޮވިޑްގެ ބަލާއާފަތުގެ ތެރޭގައި ވިދާލި ހިދުމަތުގެ ތަރިއެކެވެ.