އެޑްވަޓޯރިއަލް

މައިބަންޑާރަ: ދިރިއުޅުމަށް ބޮޑު ލުޔެއް

Jul 22, 2019

ކުރަން ހުރި މަސައްކަތް ލައްކަ ގިނަ އެވެ. މަސަކަތްތުގައި ދުވާލުގެ 24 ގަޑިއިރު އެންމެން އުޅެނީ ބިޒީކޮށެވެ. ވަގުތު އޮންނަނީ މަދުވެފަ އެވެ. އެހެންވެ، ނުކުމެ ބާޒާރުކޮށްލަން ވެސް އޮންނަނީ ވަގުތު ނުވެފަ އެވެ. އެކަމަކު މިހާރު އެކަމާ ވިސްނާކަށް ނުޖެހޭނެ އެވެ. މި ފަސޭހަ ގެނެސްދިނީ ނޯވާ ގްރޫޕުގެ ސްޓާޓްއަޕް ވިޔަފާރި މައިބަންޑާރަ ޑޮޓްއެމްވީ އޮންލަިއން ޝޮޕިން ވެބްސައިޓުންނެވެ. މި ސައިޓުގައި އެތައް ސަތޭކަ ޕްރޮޑަކްޓެއް ލިބެން ހުރެ އެވެ. މި އޮންލައިން ޝޮޕިން ޕްލެޓް ފޯމުން ދަނީ މާލޭގެ ކޮންމެ ގެ އަކާ ހަމައަށް ވެސް ބޭނުންވާ އެއްޗެއް ފޯރުކޮށްދެމުންނެވެ. މައި ބަންޑާރަ ޑޮޓް އެމްވީގެ މި ހިދުމަތަކާއެކު ދިރިއުޅުމަށް މި ވަނީ ބޮޑު ލުއިކަމެއް ލިބިގެން ގޮސްފަ އެވެ.

ލިބެން ހުރީ ކޮން ޕްރޮޑަކްޓް ތަކެއް؟

މައިބަންޑާރަ ޑޮޓް އެމްވީގެ މި ހިދުމަތް މިހާރު ލިބެނީ މާލެއަށް އެކަންޏެވެ. ނަމަވެސް މި އަހަރު ހުޅުމާލެ އާއި ވިލިމާލެއަށް ފުޅާ ކުރާއިރު، މި ވެބްސައިޓުގައި މިހާރު ވެސް 2،000 އަށް ވުރެ ގިނަ ޕްރޮޑަކްޓް ލިބެން ހުރުމަކީ ކަސްޓަމަރުންނަށް ލިބޭގެ ހިތްހަމަ ޖެހުމެވެ. މިހާރު ލިބެން ހުރި ޕްރޮޑަކްޓްތަކުގެ ތެރޭގައި ކުޑަކުދިންގެ ސާމާނާއި އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި އެނާޖީ ޑްރިންކް އަދި ބިއުޓީ ޕްރޮޑަކްޓްތައް ވެސް ހިމެނެ އެވެ.

ގެއަށް ގެންގޮސްދިނުން ހިލޭ!

މި ވެބްސައިޓުން އޯޑަރު ކުރާ ތަކެތި ޑެލިވަރީ ކުރަން އިތުރު އަގެއް ނުނަގާނެ އެވެ. ނޯވާ ކުންފުނިން ދެކޭ ގޮތުގައި އާންމު ދިރިއުޅުމުގައި ބޭނުން ކުރާ ޒަރޫރީ ތަކެތި ވިއްކަން ޖެހޭނީ ވީހާ ވެސް ހެޔޮ އަގެއްގަ އެވެ. އެހެންވެ މި ހިދުމަތް އެ ކުންފުނިން ދެނީ ހިލޭ ސާބަހަށެވެ. އޯޑަރު ދޭ އެއްޗެއް އެންމެ ގިނަވެގެން ހަތަރު ގަޑިއިރުގެ ތެރޭގައި ގެއާ ހަމަ އަށް ގެންގޮސް ދޭނެ އެވެ.

ފިހާރައެކޭ އެއް އަގެއްގައި ލިބޭނެ

މައިބަންޑާރައިން ދޭ މި ހިދުމަތުގައި އަގުތައް ހުންނަނީ މާލޭގެ ފިހާރަތަކާ އެއް އަގެއްގަ އެވެ. އަދި މުސްތަގްބަލުގައި ތަކެތީގެ އަގު މިހާރަށް ވުރެ އަގު ހެޔޮ ކުރަން ދަނީ ވިސްނަމުންނެވެ. އެ ކުންފުނީގެ އަމާޒަކީ ހުރިހާ ތަކެއްޗެއްގެ އަގު އެއް ފަހަރާ ހެޔޮ ނުވި ނަމަވެސް އަގުތައް ހެޔޮ ކުރުމެވެ.

ވެބްސައިޓް - ބޭނުން ކުރަން ފަސޭހަ

"މައިބަންޑާރަ ޑޮޓްއެމްވީ" ފަރުމާކޮށްފައި ވަނީ ޔޫޒާ ފްރެންޑްލީ ގޮތަށެވެ. މި ވެބްސައިޓަށް ޒިޔާރަތް ކުރުމަށްފަހު ވެބްސައިޓަށް ސައިން އަޕް ވުމާއެކު، ބޭނުންވާ ޕްރޮޑަކްޓަށް އޯޑަރު ކުރެވޭނެ އެވެ. އޯޑަރު ކުރާއިރު އެޑްރެހާއި ފޯނު ނަމްބަރު ޖެހުމުން ބޭނުންވާ އެއްޗެއް ހޯދުމަށް މަގު ފަހި ވެގެންދެ އެވެ. އޯޑަރު ކުރިކަން ޔަގީން ކުރަން އެ ކުންފުނީގެ އޮންލައިން ސްޓޯރުން ގުޅާލާނެ އެވެ.

ހިދުމަތްދޭ ގަޑިތައް

ކަސްޓަމަރުން ނަށް އޯޑަރު ކުރާ ތަކެތި ފޯރުކޮށް ދޭނީ ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގެ މެންދުރު 12:00 އިން ރޭގަނޑު 10:00 އަށެވެ.

ޕިކްޕޯސްޓާއި ފާރުސަލް ގެއަށް

މި ކުންފުނިން ދަނީ ޕިކް ޕޯސްޓާއި ޕޯސްޓުން އަންނަ މުދާ ގެއާ ހަމައަށް ގެންގޮސް ދިނުމުގެ ހިދުމަތް ވެސް ދެމުންނެވެ. ޕޯސްޓުން އެއްޗެއް އަންނަ ހިސާބުން އެ ކުންފުނީގެ ނަމްބަރު 7886682 އަށް ނުވަތަ މައިބަންޑާރަ ޑޮޓްއެމްވީ އިން ރިއުއެސްޓް ކުރުމުން، އެ ޕާރުސަލެއް ގެއާ ހަމަށް ގެންގޮސް ދޭނެ އެވެ. މިއީ އަގު ނަގާ ހިދުމަތެކެވެ. މި ހިދުމަތުގައި އާއްމު ޕޯޓުން އަންނަ ޕެކޭޖެއްނަމަ ގެއަށް ގެންގޮސް ދޭނީ 20 ރުފިޔާ އެވެ. ޕިކް ޕޯސްޓެއްނަމަ 10 ރުފިޔާ އަށް ގެއާ ހަމައަށް ގެންގޮސް ދޭނެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މި އަގު ކުޑަކުރަން އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުގެ އައިޑީ ކާޑު ކޮޕީ ވައިބާ ކޮށްލުމުގެ ހިދުމަތް ލިބޭނެ އެވެ. އަދި ޕިކް ޕޯސްޓުން އެއްޗެއް ގެ އަށް ގެންނަން ބޭނުންނަމަ ޕޯސްޓުން ފޮނުވާ މެސެޖު މައިބަންޑާރަ ޑޮޓްއެމްވީ އަށް ފޯރުކޮށް ދިނުމުން ޕިކްޕޯޓުގެ ޕާރުސަލްވެސް ގެއަށް ގެންގޮސްދޭނެ އެވެ.

ފައިސާ ދައްކަން ހަދާނީ ކިހިނެތް؟

ފައިސާ ދެއްކުމުގެ އިންތިޒާމު ވެސް ވަރަށް ފަސޭހަ އެވެ. މުދާ ލިބުމުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ވެސް ކުރެވިދާނެ އެވެ. ނޫނީ މުދާ ހިފައިގެން ދިނުމުން ވަގުތުން ފައިސާ ދެއްކުމުގެ އިންތިޒާމު ވެސް ހަމަޖެހޭނެ އެވެ.

އޯޑަރު ކުރާ އެތި ނެތްނަމަ؟

އޯޑަރު ކުރަން ބޭނުންވާ ޕްރޮޑަކްޓެއް ވެބްސައިޓުން ލިބެން ނެތުމަކީ ގޮތް ހުސްވާން ޖެހޭ ސަބަބެއް ވެސް ނޫނެވެ. މައިބަންޑާރަ ޑޮޓްއެމްވީ އަށް ޓްވީޓެއް ނުވަތަ މެސެޖެއް ކުރުމުން އެ ޕްރޮޑަކްޓް މާލޭ އިން ލިބޭނަމަ ގެއަށް ގެންގޮސްދޭނެ އެވެ. އެވޮރީސް އޭރުން ދިޔައީ އެވެ.

ވެބްސައިޓު ބޭނުން ނުކުރާނަމަ؟

ޕްރޮޑަކްޓް ތަކުގެ އަގާއި ތަފްސީލް ވެބްސައިޓުގައި ހުންނާނެ އެވެ. އޯޑަރު ކުރަން ބޭނުން ނަމަ ހޮޓްލައިން ނަންބަރު 7886682 އަށް ގުޅާލުމުން ގެންގޮސް ދޭނެ އެވެ. ނޫނީ ނަންބަރަށް މެސެޖެއް ފޮނުވާލުމުން ވެސް އޯޑަރު ކުރޭވެނެ އެވެ. އަދި މުއްދަތު ހަމަވެފައިވާނަމަ ނުވަތަ ހަލާކުވެފައިވާ ޕްރޮޑަކްޓެއް ނަމަ ވެބްސައިޓްގެ ނަމްބަރަށް ގުޅުމުން އެހެން ޕްރޮޑަކްޓަކަށް ބަދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މި ހިދުމަތުން ލިބޭނެ ފައިދާ އަކީ ކޮބާ؟

ދިރިއުޅުމުގައި ޒަރޫރީ ބޭނުން ތަކަށް އެއްޗެހި ގަންނަ މީހުންނަށް މި ހިދުމަތުގެ ސަބަބުން ވަގުތާއި ފައިސާ ސަލާމަތް ކުރެވޭނެ އެވެ. ހަމަ ގައިމުވެސް މައިބަންޑާރަ ޑޮޓްއެމްވީ އިން ދިރިއުޅުމަށް ބޮޑު ލުޔެއް ގެނެސްދީފި އެވެ.