އެލައިޑް އިންޝުއަރެންސް

މިއަދަކީ އެލައިޑް ރޯދަ ޕްރޮމޯޝަނާއި މަދަހަ މުބާރާތުގައި ބައިވެރިވެ އިނާމު ހޯދުމުގެ އެންމެ ފަހު ފުރުސަތު

އެލައިޑް އިންޝުއަރަންސް ކުންފުނިން މިއަހަރަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ރޯދަ ޕްރޮމޯޝަނުގައި އެކުންފުނިން ވަނީ ގެދޮރުގައިވާ އަގުހުރި މުދަލަށް ހާއްސަ އިސްލާމިކް އިންޝުއަރަންސް ޕްލޭން؛ ހިޔާވަހީގެ އަހަރަކަށް 600 ރުފިޔާ ދައްކައިގެން 6 ލައްކަ ފަންސާސްހާސް ރުފިޔާއާއި ހަމައަށް ބަދަލު ލިބޭ ލަގްޒަރީ ޕްލޭން ނަންގަވާ ކޮންމެ ކަސްޓަމަރަކަށް، ބައްލަވައިގަންނަވާ ކޮންމެ ޕްލޭނަކާއި އެއް އަގުގެ ކޮމްޕްލިމެންޓަރީ ގިފްޓް ޕެކެއް ދިނުމަށް ނިންމާފަ އެވެ.

އޮންލައިންކޮށް myallied.mv އަދި އެލައިޑް މޮބައިލް އެޕްއިން ވަގުތުން ނެގޭ މިޕްލޭނަކީ، ގެދޮރުގެ ރައްކާތެރިކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމުގައި އެލައިޑުން ފާހަގަކުރެ އެވެ. އެގޮތުން މިޕްލޭން މެދުވެރިކޮށް ކަވަރޭޖް ލިބޭ ތަކެތީގައި ތެރޭގައި އޭސީ، އައިސް އަލަމާރި، ދޮންނަ މެޝިން، ބަދިގެ ސާމާނު ފަދަ މިނޫންވެސް އަގުހުރި ތަކެތި ހިމެނެ އެވެ.

މިތަކެއްޗަށް ކަވަރޭޖް ލިބޭ ހާލަތްތަކުގެ ތެރޭގައި ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުމާއި އަލިފާނުގެ ހާދިސާއަކުން ލިބޭ ގެއްލުން އަދި ފެން ހޮޅިއެއް ފަޅައިގެން ގޮސްގެސް ފެނުން ލިބޭ ގެއްލުން ފަދަ ކަންކަން ހިމެނެ އެވެ.

ހިޔާވަހީގެ ލަގްޒަރީ ޕްލޭންއަކާއި އެކު ދޫކޮށްލާ ކޮމްޕްލިމެންޓަރީ ގިފްޓް ރެޑީމް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ރަސްމީ ގަޑީގައި އެލައިޑްގެ ކަސްޓަމަ ފްރަންޓް އޮފީސް؛ ހ. އޯކިޑުން، ޕްލޭން ނަގާތާ 1 މަސް ދުވަހުގެ ތެރޭގައެވެ.

ހަމައެއާއިއެކު ކުޑަ ކުދިންނަށް ހާއްސަކޮށްގެން އެލައިޑުން މިއަހަރު ފޭސްބުކްގައި ކުރިއަށްގެންދާ މަދަހަ މުބާރާތުގެ ސުންގަޑި ހަމަވާ ތާރީހަކީވެސް މިއަދެވެ. އެހެންކަމުން މަދަހަ މުބާރާތުގައި ބައިވެރިވެލެއްވުމަށް #އެލައިޑްމަދަހަ ހޭޝްޓެގެއްގެ ގޮތުގައި ޖެއްސެވުމަށް ފަހު މިރޭ 12 ޖެހުމުގެ ކުރިން ޕޯސްޓް ކުރެއްވުމަށް އެލައިޑުން އެދެ އެވެ.

މިމުބާރާތަށް ހުށަހަޅާ މަދަހަ ވީޑިއޯތަކުގެ ތެރެއިން ފަނޑިޔާރުން އެންމެ މޮޅުކަމަށް ނިންމާ ވީޑިއޯ ހުށައަޅާ ފަރާތަކަށް އިނާމަކަށް އައިޕެޑެއް ލިބިގެންދާނެ އެވެ. ބާރަ އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައިވާ މިފުރުސަތުގައި، ވީޑިއޯ ޕޯސްޓް ކުރައްވަންވާނީ ބެލެނިވެރިޔާގެ ހުއްދައާއި އެކު ބެލެނިވެރިޔާގެ ފޭސްބުކް އެކައުންޓްގައި ޕަބްލިކް ސެޓިންގައެވެ.

އެލައިޑުން ވަނީ މި މުބާރާތަށް ލިބެމުން އަންނަ ތަރުހީބު ފާހަގަކޮށް އެންމެހާ ބައިވެރިންނަށް ޝުކުރު ދެންނަވާފައެވެ.