ދިވެހިރާއްޖެއަކީ ތިރި އަދި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާއިރު ގުދުރަތަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. އެކަމަކު ބައެއް ފަހަރު އަހެރެމެންގެ ހަތުރެއްގެ ގޮތުގައި ވެސް ފެނެ އެވެ. އަހަރެމެންގެ ވަށައިގެން އޮންނަނީ ކަނޑެވެ. އަނެއް ކޮޅުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވެސް އެހާމެ ބޮޑަށް މި ރަށްތަކަށް ކުރިމަތިވެ އެވެ.
ދިޔަ ބޮޑުވާ ބައެއް ދުވަސްވަރު އުދަ އަރާ ރަށް ފެންބޮޑުވެ އެވެ. ކްލައިމެޓް ޗޭންޖާއެކު މޫސުމީ ވިއްސާރަވެސް އޮޅުން ބޮޅުންވެ، ވެހޭ ވާރޭން މުޅި ރަށުތެރެ ފެންބޮޑުކޮށްލަ އެވެ. މިކަހަލަ ކޮންމެ ހާދިސާއަކުން އާންމު ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. މުދަލަށް ގެއްލުންވާ ފަހަރު ވެސް އާދެ އެވެ.
ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު، މިފަދަ އެއް މުދަލަކީ އަހަރެމެން މަގުމަތީގައި ހާމައަށް ބަހައްޓާ އަގުބޮޑު މުދަލެވެ. ރަށުތެރޭގައި ދަތުރުފަތުރަށާއި ތަކެތި އުފުލުމަށް ގެންގުޅޭ އުޅަނދުފަހަރެވެ. އިރުމަތިން އަތިރިމައްޗާއި ކާނިވާ ސަރަހައްދަކީ އުދަ އަރާ ފަހަރުތަކުގައި ފެންބޮޑުވާ ތަންތަނެވެ. އަދި މާލެއަކީ ބޯ ވިއްސާރައަށްފަހު ފެންބޮޑުވުން އާންމު އަދި ފެން ހިނދުމަށް ވެސް ގިނައިރު ނަގާ ސިޓީއެކެވެ. މިގޮތަށް ފެންބޮޑުވާ ބައެއް ފަހަރު ސައިކަލު ސްޓާޓުކުރުމަށް އުނދަގޫވެ އެވެ. އަދި އިންޖީނު މައްސަލަ ޖެހި، ގަރާޖަކުން "ފަރުވާ"ކޮށްގެން ނޫނީ އަމުދުން ނުދުއްވޭ ހާލަތް ވެސް ކުރިމަތިވެ އެވެ.
ދިވެހިރާއްޖޭގައި ދުއްވާ ކޮންމެ އުޅަނދަކީ ގާނޫނުން ލާޒިމުކޮށްގެން ތާޑްޕާޓީ މޮޓޯ ޕްލޭންސް އިން ކަވަރުކޮށްފައި ހުންނަންޖެހޭ އުޅަނދުތަކެކެވެ. އެކަމަކު ތާޑްޕާޓީ މޮޓޯ ޕްލޭންތަކުން ރައްކާތެރިކަމެއް ފޯރުކޮށްދެނީ ތިމާއަށެއް ނޫނެވެ. އެއީ ތިމާގެ އުޅަނދުގެ ސަބަބުން އެހެން މީހެއްގެ އުޅަނދަކަށް ލިބޭ ގެއްލުމަކަށް ލިބޭ ރައްކާތެރި ކަމެކެވެ.
އެކަމަކު އުދަ އެރުމާއި ވިއްސާރަކޮށް ފެންބޮޑުވުން ފަދަ ހާދިސާތަކުން ތިމާގެ ސައިކަލާއި ކާރާއި އެހެނިހެން އުޅަނދުތަކަށް (ފަސްޓް ޕާޓީ ޕްރޮޕަޓީއަށް) ލިބޭނެ ގެއްލުމަށް ރައްކާތެރިކަން ހޯދޭނެ މަގެއް އޮވެ އެވެ. އެއީ އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެވެ. މިފަދަ ހާދިސާތަކުގެ އިތުރުން އަމިއްލަ ވެހިކަލަށް ލިބޭ އެހެނިހެން ގެއްލުންތަކާއި، ވެހިކަލުގައި އުޅެނިކޮށް ލިބޭ އަނިޔާ އަދި ކުރިމަތިވެދާނެ ދާއިމީ ނުކުޅެދުންތެރި ކަމަކުންވެސް މި ޕްލޭނުން ކަވަރު ލިބޭނެ އެވެ. ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސްއަކީ އެލައިޑް އިންޝުއަރަންސްގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކާފުލްއިން އޮންލައިންކޮށް ވެސް ނެގިދާނެ ޕްލޭނެކެވެ.