މި ރަމަޟާން މަސް ނިމި، މީލާދީ ގޮތުން އޭޕްރިލް މަހުގެ ދެވަނަ ހަފްތާގައި ދިރާސީ އާ އަހަރު ފެށޭނެ އެވެ. ހުރިހާ ބެލެނިވެރީން ވެސް ދިރާސީ އާ އަހަރަށް ތައްޔާރުވަމުން ދާނެކަމާ މެދު ޝައްކެއް ނެތެވެ. ވަކިން ހާއްސަކޮށް، ދިރާސީ އާ އަހަރަށް އަލަށް ގްރޭޑް 1 އަށް ސްކޫލުތަކަށް ގިނަ ކުދިންތަކެއް ވަންނާނެ އެވެ. ތައުލީމީ އާ ހަރުފަތެއް ފަށާ އެ ކުދިންނާ މެދު ބެލެނިވެރިން ފޮނި އުންމީދުތަކެއް ކުރާނެކަން ޔަގީނެވެ. ސްކޫލު ނިންމައި، ޒިންމާދާރު ބޮޑުމީހަކަށްވެ، މަތީ ތައުލީމު ހާސިލުކުރާނެ ދުވަސް ތަސައްވަރު ކުރެވެމުން ދާނެކަމާ މެދު ޝައްކެއް ވެސް ނެތެވެ.
ސްކޫލު ނިންމުމަށްފަހު ދަރިފުޅު މަތީ ތައުލީމު ހާސިލުކުރަން ފަށަން ވާއިރަށް ފައިސާ އެއްކުރުމަކީ ވަރަށް ގިނަ ބެލެނިވެރިން އެދޭނެ ގޮތެވެ. ލޯނެއްގައި ނުޖެހި، އަމިއްލަ ތަނަވަސްކަމުގައި ދަރިފުޅަށް ކިޔަވައިދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ވުރެ ހިތްހަމަޖެހޭނެ ކަމެއް ނޯންނާނެކަން ޔަގީނެވެ.
އެލައިޑް އިސްލާމިކް ވިންޑޯގެ "ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް" އަކީ ސީދާ މިކަމަށް ފަރުމާ ކުރެވިފައިވާ ޕްލޭނެކެވެ.
މިސާލަކަށް، ގްރޭޑް 1 އަށް މި އަހަރު ވަންނަ ކުއްޖަކަށް މި ޕްލޭން ނަގާ ނަމަ، އެ ކުއްޖާގެ އުމުރުން 18 އަހަރު ފުރެންދެން ކޮންމެ މަހަކު، ކަނޑައެޅިފައިވާ ފައިސާގެ އަދަދު ބެލެނިވެރިޔާ ޕްލޭނަށް ދައްކަމުން ދާން ވާނެ އެވެ. ކުއްޖާއަށް 18 އަހަރު ފުރުމާއެކު، އެއްކުރެވިފައިވާ ހުރިހާ ފައިސާއަކާއި އެ ފައިސާއަށް ލިބިފައިވާ ބޯނަސް ނުވަތަ ފައިދާ، ކުއްޖާއަށް ލިބޭނެ އެވެ.
ޕްލޭނުގެ މުއްދަތުގައި ޕްލޭނަށް ފައިސާ ދައްކަމުން ދިޔަ ބެލެނިވެރިޔާ ނިޔާވެއްޖެނަމަ، ޕްލޭނުގެ ބާކީ އޮތް ބަޔަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. އެ ބައި ހަމަޖައްސައިދޭނީ ޕްލޭނުގެ ބައިވެރިންގެ ރިސްކު ފަންޑުންނެވެ. އަދި ޕްލޭން ނިމޭ ދުވަހު، އެއްކުރެވުނު ފައިސާ، ބޯނަހާއެކު 18 އަހަރުވާ ދަރިފުޅަށް ލިބޭނެއެވެ.
ކޮންމެ ގޮތެއް ވިޔަސް، މި ޕްލޭނުން ކަށަވަރުވާ ކަމަކީ ސްކޫލު ނިންމައި، މަތީ ސާނަވީ ތައުލީމުވެސް ފުރިހަމަކޮށްގެން މުޖުތަމައަށް ނުކުންނަ 18 އަހަރުގެ ދަރިފުޅުގެ މަތީ ތައުލީމު ހާސިލުކުރުމުގެ ދަތުރަށް ފައިސާ އެއްކުރެވިފައި ހުންނާނެ ކަމެވެ. މައިންބަފައިންގެ ފަރާތުން ދަރިފުޅަށް ދެވޭނެ މިއީ ވަރަށް އަގުހުރި ހަދިޔާއެކެވެ.
އެހެންކަމުން ހުރިހާ ބެލެނިވެރިން ވެސް މިކަމާ ވިސްނަވައި، ދަރިފުޅުގެ މުސްތަގުބަލަށް، ސްކޫލު ނިމެން ވާއިރަށް މިހާރުން ފެށިގެން ތައްޔާރުވާން ފެށުމަކީ އެކަމުން ފައިދާ ކުރާނެ ކަމެކެވެ. އެލައިޑް އިސްލާމިކް ވިންޑޯގެ "ޗައިލްޑް އެޑިޔުކޭޝަން ތަކާފުލް"އެއް ދަރިފުޅަށްޓަކައި ބައްލަވައިގަތުމަށް ހިޔާރުކުރައްވާށެވެ.
މި ހިނގާ 2025 ވަނަ އަހަރުގެ ކޮންމެ މަހެއްގައިވެސް މި ޕްލޭނުގައި ބައިވެރިވެވަޑައިގަންނަވާނަމަ، ފުރަތަމަ މަހުގައި ދައްކަންޖެހޭ ފައިސާއަށް 50 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އެހެންކަމުން މިއީ މިކަން ކުރުމަށް އެންމެ ރަނގަޅު ވަގުތެވެ.