އެލައިޑް އިންޝުއަރެންސް

އެލައިޑްގެ އިވެންޓެއް ފުރަތަމަ ފަހަރަށް ކުލަބް ހައުސަށް

އެލައިޑް އިންޝުއަރަންސް ކުންފުނިން ކްލަބްހައުސް އާއި ގުޅި، އެ ކުންފުނީގެ އެންމެ ފުރަތަމަ އިވެންޓް ބާއްވަން ނިންމައިފި އެވެ. އެލައިޑުން އިވެންޓް ބާއްވަން ނިންމާފައި ވަނީ މާދަމަރޭ 8:30 ގަ އެވެ.

ރައްކާވެތިބިއްޔާ ގެ ނަމުގައި ސީރީޒްއެއް ގޮތަށް ކުރިޔަށްގެންދަން ހަމަޖެހިފައިވާ މިއިވެންޓްގެ ފުރަތަމަ ސެޝަން ހާއްސަ ކުރަނީ ފަޔާ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓަރސް އޯލް ރިސްކް އަށެވެ.

ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކާއި ހިދުމަތްތައް ހޯއްދެވުމުގެ މުހިންމު ކަމަށް ވެސް ސެޝަންގައި އަލިއަޅުވާލާނެ ކަމަށް އެލައިޑުން ބުނެ އެވެ. މިސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑުގައި މަސައްކަތްކުރައްވާ އިންޝުއަރަންސް ތަޖުރިބާކާރުން ނެވެ. މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ފަޔާ ޑިޕާޓްމަންޓުގެ އިސްވެރިއެއް ގެސްޓް ސްޕީކާ އެއްގެ ގޮތުގައި ބައިވެރިވެލައްވާނެ ކަމަށް އެލައިޑުން ބުނެ އެވެ.

ކްލަބް ހައުސް ސެޝަންތަކާއި ގުޅިގެން އެލައިޑުން ބުނީ މިއޫ އާންމުންގެ ތެރޭ އިންޝުއަރަންސް ހައްލުތަކާއި ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރަންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ ޒަމާނީ އަދި އީޖާދީ މަސައްކަތްތައް އެލައިޑުން ކުރުމުގައި އާންމުންގެ ހިޔާލު ހޯދާ މިފަދަ މަސައްކަތްތަކުގައި އާންމުންގެ ހިޔާލު އެކުލަވާލުން ކަމަށް އެލައިޑުން ބުނެ އެވެ.

އެލައިޑުން ބުނުެފައި ވަނީ މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް އެބަ އޮތް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެލައިޑުން ވަނީ ދައުވަތުވެސް ދީފަ އެވެ.