އަދުގެ ހާލަތަށް ރިއާޔަތްކޮށް ގިނަ ކުންފުނިތަކަކުން ދަނީ ގޭގައި މަސައްކަތް ކުރާ ނިޒާމަށް އަހުލުވެރިވެ އޮންލައިން ހިދުމަތްތައް ހިޔާރުކުރުމަށް ކަސްޓަމަރުންނަށް ހިތްވަރު ދެމުންނެވެ. ގައުމުގެ އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ވިޔަފާރިވެރިން އަތުކުރި އޮޅާާލާފައިވާއިރު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އެކި ފަރާތްތައް ބޭނުންކުރަމުން ދަނީ އެކި ވަސީލަތްތަކެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ކޮވިޑްގެ ފުރަތަމަ ކޭސްތައް ފެންމަތިވުމާ އެކު ގޭގައި މަސައްކަތް ކުރާ އުސޫލަށް މުޅި އޮޕަރޭޝަން ބަދަލުކޮށް ޑިޖިޓަލް ޓްރާންސްފޯމޭޝަނަކާއި އެކު ހިދުމަތް ދޭން ފަށާ، ޒަމާނީ އިނޮވޭޓިވް ސޮލިއުޝަންސް ހޯދައިދިން އެއް ކުންފުނީގެ ގޮތުގައި ފާހަގަވެގެން ދިޔައީ ގައުމީ އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރަންސެވެ.
އަބަދު ވެސް ތަފާތު އާ ކަންކަން ތައާރަފު ކުރުމުގައި ފެނިގެންދާ، އެލައިޑުން އޭރު މައުލޫމާތު ދިން ގޮތުގައި މިނިންމުން ވެގެންދިޔައީ ގޮންޖެހުން ބޮޑު ނަމަވެސް ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަ ރުންގެ ސިއްހީ ދުޅަހެޔޮކަން އިސްކޮށް ނިންމި މުހިއްމު ނިންމުމަކަށެވެ. އެގޮތުން ހިދުމަތްތައް މެދުނުކެނޑި އެއް ފެންވަރެއްގައި ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދެމުން ދިޔުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އެކުންފުނީގެ ގާބިލް އިނޮވޭޝަން ޓީމު ކަމުގައި އެލައިޑުން މައުލޫމާތު ދީފައިވެ އެވެ.
ޒަމާންވީ ތަޖުރިބާގެ އަލީގައި ކަސްޓަމަރުންނަށް ހިދުމަތް ހޯދަން ފަސޭހަވާނެ އެތަކެއް އީޖާދުތަކެއް އެލައިޑުން ވަނީ ތައާރަފުކޮށްފަ އެވެ. ކުންފުނީގެ އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ 100 ޕަސެންޓް ދިވެހި މުވައްޒަފުންގެ މި ފަހުރުވެރި ޓީމުން އުފައްދަމުންދާ މިފަދަ އުފެއްދުންތަކަށް އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބެމުންދެ އެވެ. އެލައިޑްގެ ޕްލެޓްފޯމްތަކުގެ ތެރެއިން މިވަގުތަށް އެންމެ ބޭނުންތެރި އެއް ޕްލެޓްފޯމުގެ ގޮތުގައި ފާހަގަކުރެވެނީ މައިއެލައިޑް ޕޯޓަލް އެެވެ.
މައި އެލައިޑަކީ އެލައިޑާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީގެ ހިދުމަތަށް ހާއްސަ އޮންލައިން ހިދުމަތް ލިބޭ ޕްލެޓްފޯމެކެވެ.
ސައިޓުގައި ގިނަ ވަގުތުތަކެއް ހޭދަ ނުކޮށް، ބޭނުން ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް މުދަލާއި ނަފްސު ރައްކާތެރިކުރުމަށް މިޕޯޓަލް އެހީވެދެ އެވެ. އެގޮތުން ޕޯޓަލްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި އެލައިޑް އިންބައުންޑާއި އެކްސްޕެޓްރިއޭޓް ޕްލަސް އަދި މޮޓޯ ތާޑް ޕާޓީ ޕްލޭންސް ނެގުން، މޮޓޯ އީ ސްޓިކާ ޖަނަރޭޓް ކުރުން އަދި ހެލްްތް ޕްލޭންސް ނަގާފައިވާ ފަރާތްތަކުގެ ކްލެއިމްސް ހުށަހަޅާ އޭގެ ސްޓޭޓަސް މޮނީޓަރ ކުރެވެ އެވެ. މީގެ އިތުރުން އެންމެ ފަހުން ތައާރަފުކުރި އޮޑިދޯނި ފަހަރުގެ އަންދާސީ ޕްރިމިއަމް ރޭޓް ވަގުތުން ބަލައިލެވޭ ސްމާޓް ކޯޓް ހިމެނެ އެވެ.
މި ޕޯޓަލް މެދުވެރިކޮށް އާންމު ފަރުދުންނަށް ލިބިދޭ ފަސޭހަތަކުގެ އިތުރުން އެލައިޑް ކޯޕަރޭޓް ކްލައިންޓުންނަށް ހާއްސަކުރެވިފައިވާ ހިދުމަތްތަކުން އެ ފަރާތްތަކަށް ވެސް ނުހަނު ގިނަ ލުއިތައް ލިއްބައިދެ އެވެ. މި ޕޯޓަލް ތަރައްގީކުރުމުގައި ޕްރޮޖެކްޓް ލީޑެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެލައިޑުގެ އިންފޯމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖަރ އައިޝަތު އަދުނާނެވެ.
އިންޝުއަރަންސް ހޯދުމުގައި ފަސޭހަތަށް ކުރިމަތިކުރި ޑިޖިޓަލް ސޮލިއުޝަނާއި ބެހޭގޮތުން އައިޝާ ވިދާޅުވަނީ ޕޯޓަލް އުފެއްދުމުގެ އެންމެ މައިގަނޑު އެއް އަމާޒު ކަމުގައިވާ ހިދުމަތް ހޯދުމަށް ހުރި ފަސޭހައަކަށް ޕޯޓަލްވެ ކަސްޓަމަރުންނާއި އޮތް ގުޅުން ގާތްކޮށްދޭ ކަމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ޕޯޓަލްއަށް އާ ހިދުމަތްތައް ތައާރަފުކޮށް ކުންފުނީގެ އިންޝުއަރެންސް ޕްލޭންތައް އޮންލައިން ޕްލެޓްފޯމަށް ގެނައުމުގައި ކަސްޓަމަރުން އެދޭ ފަދަ ރަހުމަތްތެރި، ވަގުތު ސަލާމަތްކުރެވޭ ފަދަ ގޮތްތަކަށް ސަމާލުކަން ދޭނެ ކަމުގައިވެސް އައިޝާ ވިދާޅުވި އެވެ. އަދި މިކަމުގައި ކަސްޓަމަރުން ދެއްވާ ހިޔާލަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމުގައިވެސް އައިޝާ ވަނީ ވިދާޅުވެފަ އެވެ.