ދަރިފުޅުގެ މުސްތަޤްބަލަށް ޕްލޭން ކުރުމަކީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އަދާކުރާ ނުހަނު ބޮޑު، ޒިންމާދާރު މަސްއޫލިއްޔަތެކެވެ. ތިމާގެ މާލީ ޙާލަތު ތަންދޭ މިންވަރުން، ދަރިންގެ މުސްތަޤްބަލު އުޖާލާ ކުރުމަށް ކުރެވިދާނެ ކަމެއް އެނގެން ބޭނުން ނަމަ މިލިޔުން ކިޔާލާށެވެ.
"ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ޕްލޭނަކީ އެލައިޑް އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން ހުށައަޅާ ޙައްލެވެ. މިއީ ދަރިންގެ ތަޢުލީމީ ޙަޔާތް ފާގަތިކުރުމަށް ފައިސާ ރައްކާކުރެވޭނެ ޒަމާނީ އަދި އިސްލާމީ ޝަރީޢާ ހުއްދަކުރާ ޕްލޭނެކެވެ.
ޚުލާޞާކޮށް ބުނާނަމަ، "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް"އަކީ އިސްލާމީ ޝަރީޢަތުގެ އުޞޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ރައްކާކުރުމުގެ އިތުރުން އެހެނިހެން ފައިދާތައް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަކާފުލް ޕްލޭނެކެވެ. އެގޮތުން މިޕްލޭންގެ ޒަރިއްޔާއިން ނިޒާމީ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީއަކަށްވެ، ކިޔެވުމަށް އެއްފަހަރާ ކުރަންޖެހޭ ބޮޑު ޚަރަދުގެ ޕްރެޝަރަށް ލުއި ފޯރުކޮށްދެއެވެ.
މީގެ އިތުރުން، ސޭވިންގ ފަންޑުގައި ރައްކާކުރާ ފައިސާ އިތުރުކުރުމަށް އިސްލާމީ ޝަރީޢާ ހުއްދަކުރާ އުޞޫލްތަކާ އެއްގޮތަށް އިންވެސްޓްކުރުމުގެ ފުރުޞަތުވެސް ފަހިކޮށްދެވިފައިވެ އެވެ.
މީގެ އިތުރުން މިޕްލޭންގައި ހިމެނޭ "ޕްރޮޓެކްޝަން" އެލިމެންޓަކީ ފާހަގަކޮށްލުން މުހިންމު ބައެކެވެ. "ޕްރޮޓެކްޝަން" އެލެމެންޓާއެކު މިޕްލޭން ނަގައިފާވަނިކޮށް ދުނިޔެ ދޫކޮށްފިނަމަ، ދަރިފުޅަށް ނަގައިފައިވާ ތަޢުލީމީ ފަންޑު ހުއްޓުމެއްނެތި ރައްކާތެރިކަމާއެކު ކުރިއަށް ދާނެކަން ޔަގީންވެ އެވެ. އެއީ ކޮންޓްރިބިއުޝަންގެ ގޮތުގައި އެމީހަކު ދައްކަންޖެހޭ ފައިސާ، މިހާލަތުގައި އެމީހެއްގެ ބަދަލުގައި ކޮންމެ މަހަކުވެސް ތަކާފުލް ފަންޑުން ދައްކާ ޚަލާސްކުރާ ގޮތަށް ހަމަޖެހިފައިވާތީ އެވެ.
50% ޑިސްކައުންޓާ އެކު އަރލީ ބަރޑް ޕްރޮމޯޝަނެއް: މިހާރު ކުރިއަށްދަނީ
ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއަށް ޚާއްޞަ ޕްރޮމޯޝަނެއް މިހާރު ކުރިއަށް އެބަދެ އެވެ. އޮގަސްޓް މަހުގެ 9 ވަނަ ދުވަހުގެ ކުރިން ސެޓްފިކެޓް ނަންގަވާ ފުރަތަމަ 50 ބައިވެރިންނަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަނުން %50ގެ ބޮޑު ޑިސްކައުންޓެއް ލިބެއެވެ. މިއީ މަދުން ނޫނީ ނުލިބޭ ކަހަލަ ފުރުޞަތެކެވެ.
އެހެންކަމުން މިހާރު ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނެއް ނަގައިގެން، ދަރިފުޅުގެ މުސްތަޤްބަލަށް ބުއްދިވެރިކަމާއެކު ޕްލޭންކޮށް، އެ ޕްރޮސެސްގައި ފައިސާ ވެސް ރައްކާ ކުރެވޭނެ އެވެ. ދަރިފުޅުގެ އުޖާލާ މުސްތަޤްބަލު ކަށަވަރުކުރުމަށް މުހިއްމު ފިޔަވަޅެއް އެޅިފައިވާކަން އެނގިހުރެ، ސިކުނޑިއަށް ލިބޭނެ ހަމަޖެހުން ތަޞައްވުރު ކޮށްލައްވާށެވެ!
އިތުރު ތަފްސީލު ހޯއްދެވުމަށް ޗައިލްޑް އެޑިއުކޭޝަން ތަކާފުލްގެ ވެބް ޕޭޖަށް ޒިޔާރަތްކޮށް ދަރިފުޅުގެ މާދަމާ އުޖާލާ ކުރުމަށް ޕްލޭން ކުރަން ފަށާށެވެ.