LIVE UPDATES

ހެކި ހުށަހަޅަން ރައީސް ޔާމީނަށް 5 ދުވަސް

Updated:
5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް އެ މަނިކުފާނު ވަނީ މިހާރު ކޯޓަށް ވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ޓީވީތަކުން ލައިވް ކުރާ ފުރަތަމަ ޝަރީއަތެވެ. މިއަދުގެ ޝަރީއަތަށް ރައީސް ޔާމީން ވަޑައިގެންނެވީ ގާނޫނީ ވަކީލުންނާއެކު އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ. އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ.