LIVE UPDATES

ރައީސް ޔާމީންގެ ޝަރީއަތް: މުއައްވިޒުގެ ހެކި ބަސް ނަގައިފި

Updated:
5

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މިއަދު ފަށައިފި އެވެ. އެ މަނިކުފާނު ވަނީ މިހާރު ކޯޓަށް ވަޑައިގެންފަ އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ޓީވީތަކުން ލައިވް ކުރާ ފުރަތަމަ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ޔާމީންއާ ދެކޮޅަށް އަށް ހެކިވެރިއަކު ދައުލަތުން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިމެނޭއިރު، އޭނާ ވަނީ ޓަގު ބޯޓެއްގައި ފިލައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ. ނަމަވެސް، އިންޑިއާއަށް އެތެރެވިޔަ ނުދީ އޭނާ މިހާރު ވަނީ ރާއްޖެ އަނބުރާ ގެނައުމަށްޓަކައި ދިވެހި ސިފައިންނާ ހަވާލުކޮށްފަ އެވެ.