ރައީސް ޔާމީންގެ ޝަރީއަތް

ޔާމީން އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައި -- ފޮޓޯ: އަވަސް
0%
0%
0%

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާލާސްކަންފުޅާ އުޅުއްވާތީ އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު 10:00 އަށް ތާވަލުކޮށްފައި ވަނީ ވ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެކެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި މިއަދަށް ތާވަލުކޮށްފައިވަނީ ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދިފާއީ ތިން ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެކަމަކު ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޔާމީން އެދިވަޑައިގަތުމުން މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބަލި ހާލަތު ހުރި ގޮތުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައިވާތީ މިއަދަށް ތާވަލުކުރެވިފައިވާ އަޑުއެހުން ކެންސަލް ކުރެވިފައިވާ ކަމުގައި ދަންނަވަން،" ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

މި މައްސަލައިގައި ކުރިއަށް ހުރި އަޑުއެހުންތަކުގެ ތާވަލެއް އިއްޔެ އިސް ގާޒީ އަހްމަދު ޝަކީލް ދެއްވާފައިވެ އެވެ. އެއީ މިއަދު އާއި މިމަހުގެ 25 އަދި 29 ވަނަ ދުވަހު އަޑުއެހުންތަކެއް ބޭއްވުމަށެވެ. އެކަމަކު ކަމެއް ދިމާވެގެން އަޑުއެހުން ކެންސަލް ކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އަލުން ރީޝެޑިއުލް ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވެފައިވެ އެވެ.

މި މައްސަލައިގައި އިއްޔެ ވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފަށައިފަ އެވެ. އެގޮތުން ޔާމީންގެ ފުރަތަމަ ދިފާއީ ހެއްކެއްގެ ގޮތުގައި އިއްޔެ ކޯޓަށް ހާޒިރުކޮށްފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345