ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ މޮރިޝަސް ދަތުރުފުޅު ނިންމަވާލައްވައިފި

Jul 22, 2019
1

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މޮރިޝަސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ފުރާވަޑައިގެންފިއެވެ.

މޮރިޝަސްއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާލެން ވިޔަޕޫރޭ އަދި އެ ގައުމުގެ ބޮޑުވަޒީރު ޕްރަވިންދް ޖަގްނައުތް އާ ބައްދަލު ކުރައްވައި ރާއްޖެއާ މޮރިޝަސްއާ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މޮރިޝަސްގެ ޕޯޓް ލުއީގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.