މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.
އަންނަ ހޯމަ ދުވަހާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މޮރިޝަސްއަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މީގެއިތުރުން މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރު ދެއްވައި މޮރިޝަސްގެ ޕޯޓް ލުއީގައި ކުރިޔަށްދާ އައިއޯއައިޖީގެ އެކި ކުޅިވަރުތައް ރައީސްގެ ދެކަނބަލުން ބައްލަވާލައްވާނެ އެވެ.