ހަބަރު

ލުތުފީ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

Jul 23, 2019
3

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގައި އިސްކޮށް ހުރި ބާޣީ އަބްދުﷲ ލުތުފީ މާލެ ގެނެސް ޑޮކްޓަރަށް ދައްކަައިފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ އިއްޔެ ހެނދުނު ލުތުފީ އައިޖީއެމްއެޗްއަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ޑޮކްޓަރުގެ ލަފާގެ މަތިން ޓެސްޓެއް ވެސް ހެދި ކަމަށެވެ. އެއަށް ފަހު އޭނާ އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ސްރީލަންކާގައި ފިލައިގެން ގިނަ އަހަރުތަކެއް އުޅުމަށް ފަހު އޭނާ އަމިއްލައަށް އެ ގައުމުގައި ހުންނަ ރާޢްޖޭގެ އެމްބަސީއާ ހަވާލުވެގެން އަނބުރާ މާލެ ގެނެސްފައި ވަނީ މި މަހު ނުވައެއްގަ އެވެ.

އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒު ކޮށްފައި ވަނީ 21 އަހަރެވެ. ހޯމް މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރުވެ ވިދާޅުވެފައި ވަނީ ލުތުފީގެ ހުކުމުގައި ބާކީ އޮންނާނީ ހަތަރު އަހަރާ ދުވަސްކޮޅެއް ކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާ ފިލައިގެން ދިޔަ މައްސަލަ ވަކިން ބަލާނެ ކަމަށެވެ.