ދުނިޔެ

އެންމެ ގިނަ ކުދިން މެރި އިންސާނީ ގުރުބާން!

ޕްރޫގެ ހުއާންޗާކްއިޓޯގެ މީހަކު މިނިކަށިތަކެއް ހިފައިގެން ގޮސް ރީސާޗަރުންތަކަކާ ބައްދަލުކޮށްފައި ބުނެ އެވެ. ކޮންމެ ދުވަހަކު ވެސް އޭނާގެ ދަރިން އިންސާނުން ކަށިގަނޑުގެ އެކިބައި ތަކުގެ ކަށިތައް ހޯދައި އެއްކޮށްގެން ގެއަށް އެބަ ގެނެ އެވެ. މީގެ ހަގީގަތަކޫ ކޮބައި ހެއްޔެވެ؟

މިސްރުގެ ނީލަ ކޯރުގެ ފެންގަނޑު ހިދެން ފެށުމުން އަންހެން ކުދިން ޒީނަތްތެރި ކޮށްގެން ކޯރުތެރެއަށް ގުރުބާން ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެކަން ފެށުނު ގޮތާއި ނިމުނު ގޮތް ވެސް އެނގެން އެބައޮތެ އެވެ. މިއީވެސް އެފަދަ ވާހަކައެކެވެ. ޕެރޫގައި މީގެ 7000 އަހަރު ކުރިން ކުރަމުން އައި އެފަދަ އަނިޔާވެރި އަމަލެއްގެ ހަގީގަތްތައް މީގެ އަހަރުތަކެއް ކުރީން ވަނީ ހޯދާފަ އެވެ. ހޯދުންތަކުން ބެލެވިފައިވާ ގޮތުގައި އެއީ މިހާތަނަށް ހޯދިފައިވާ އެންމެ ބޮޑު އިންސާނީ ގުރުބާން ކުރުމެވެ.

ހަތްހާސް އަހަރު ކުރިން ޕެރޫގެ ހުއާންޗާކްއިޓޯއަށް ވަރަށް ބާރު ގަދަ ކޮޅިގަނޑެއްގެ ގޮތުގައި ދެމިގެންދިޔަ ވިއްސާރައެއް ކުރި އެވެ. އޭރު ހުއާންޗާކްއިޓޯއަކީ ގެރި އާއި ބަކަރި އަދި ކަންބަޅި ގެންގުޅޭ އަވަށެކެވެ. އެ ވިއްސާރާއެއްގައި އެ އަވަށު މީހުންގެ ގެރި ބަކަރިތައް މަރުވެ ގޯތި ގެދޮރާއި ބޯހިޔާވަހި ކަމަށް ގެއްލުންވި އެވެ. އެކަން އެ މީހުން ދުށީ އެއީ އެމީހުންގެ މައްޗަށް އައި ވަރަށް ކޯފާއެއްގެ ގޮތުގަ އެވެ.

ގަދަ ވިއްސާރައިގެ އެ ވާރޭ ވެހުން ހުއްޓުވުމަށާއި އެމީހުންގެ ރަށްވެހީންގެ މުދާތައް ސަލާމަތް ކުރުމުގެ ބޭނުމުގައި އަވަށުގެ އިސް ރަށްވެހީން ނިންމީ އެ މީހުންގެ ކުދީން ގުރުބާން ކުރާށެވެ. އެ ގޮތުން ދެ ޖިންސުގެ ދިން ހިމެނޭ ގޮތަށް އެ ކުދީން ދިރި ތިއްބާ، އެކުދީންގެ ހިތް ނަގައި، ވިއްސާރާގައި ފެން ބޮނޑުވި ސަރަހައްދުތަކުގައި ވަޅުލާން ފެށީ އެވެ. ހިތް ނެގުމަށްފަހު މަރުވާ ކުދިން ވަޅުލަމުން ދިޔައީ ވަކި ގަބުރާސްތާނެއްގަ އެވެ.

ޕެރޫގެ ޔުނިވާސިޓީއެއް ކަމަށްވާ ނޭޝަނަލް ޔުނިވާސިޓީ އޮފް ޓްރޫޖިއްލޯ އިން 2011 ވަނަ އަހަރު ހުއާންޗާކްއިޓޯ އަވަށާ މާ ދުރު ނޫން ހިސާބެއްގައި ދިރާސާތަކެއް ކުރަމުން ދިޔަ އެވެ. އެ ދިރާސާތަކުގެ ލީޑް ރިސާޗާ ގެބްރިލް ޕްރީޓީ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ހުއާންޗާކްއިޓޯ އަވަށުގެ މީހަކު އެމީހުންގެ އަތަށް ކަށިތަކެއް ދިނެވެ. އޭނާ އަދި ބުންޏެވެ: "ކޮންމެ ދުވަހަކު އަހަރެންގެ ދަރިން އިންސާނުންގެ ހަށިގަނޑުގެ އެކިބައި ތަކުގެ ކަށިތަށް އެބަގެނޭ!"

އެސަރަހައްދުގައި ގަބުރުސްތާނެއް ނެތުމުން އެކަށިތަށް ދިރާސާ ކުރަން އޭނާ އެދުމުން ގެބްރިލް ޕްރީޓީ ހުއާންޗާކްއިޓޯއަށް ވަޑައިގެންނެވި އެވެ.

ހުއާންޗާކުއިޓޯއިން ކަށިތަށް ފެނުނު ސަރަހައްދު ގެބްރިލް ޕްރީޓީ ވަޑައިގެން ރަނގަޅަށް ބެއްލެވި އެވެ.

އޭނާއަށް އާކިއޮލޮޖީ ދާއިރާގައި އެތަކެއް އަހަރުގެ ތަޖުރިބާތައް ލިބިވަޑައިގެންފައިވާތީ މިއީ އާދައިގެ ތަނެެއް ނޫންކަން ވެސް އެނގިވަޑައިގެންނެވި އެވެ. އެއަށްފަހު އަވަސް ވެވަޑައިގަތޫ އެ ސަރަހައްދު ދިރާސާ ކުރައްވާށެވެ. ދެހާސް ސާދަ ވަނަ އަހަރު އެކަމާބެހޭ ހުރިހާ ހުއްދައެއް ހޯއްދަވައިގެން އެ މަސައްކަތް ފެއްޓެވި އެވެ.

އާކިއޮލިޖިސްޓުންގެ ބޮޑު ޓީމާއެކު މަސައްކަތް ފައްޓަވައި ކުރެއްވި މަސައްކަތަކުގެ ތެރޭގައި 137 ކުއްޖެއްގެ ހަށިގަނޑު ހޯދުނެވެ. އެކަމަކު އެ 137 ކުދިންގެ ހުރިހާ ކަށިތަކެއް ފެނުނު އިރުވެސް އެ ހުރިހާ ކުދިންގެ ވެސް މޭ ކަށިގަނޑު މަދުވެ އެވެ.

މި ހޯދުންތަކުގެ މައުލޫމާތު ދެއްވަމުން ގެބްރިލް ޕްރީޓީ ވިދާޅުވެފައިވާ ގޮތުގައި އެ ސަރަހައްދުން ފެނުނު ކަށިތައް ދިރާސާ ކުރި އިރު ހުރިހާ ކުދިންގެ އުމުރު އުޅެނީ 5 އަހަރަރާއި 14 އަހަރާއި ދެމެދުގައިކަން ޔަގީން ކުރެވިފައި ވެ އެވެ. އަދި ކުދީންގެ ކަށިތަކާއެކު ގެރި އާއި ކަންބަޅިތަކެއްގެ ކަށިތަކެއް ވެސް ފެނުނެވެ.

ގެބްރިލް ޕްރީޓީ ވިދާޅުވި ގޮތުގައި ކުދިންގެ ކަށިތަކުގައި ތޫނު އެއްޗަކުން ކާއްތާފައިވާ ކަހަލަ ނިޝާނެއް ފެނުނެވެ. އަދި އެ ހުރިހާ ކަށިތައް ޕޯސްޓް މޯޓަމަށް ފޮނުވައިގެން ބެލި އިރު އެ ކުދިން މަރުވެފައިވަނީ ހިތް ނެގުމުގެ ސަބަބުކަން ވެސް އެގުނެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އިންސާނީ ތާރީހުގައި ކުދިން ގުރުބާން ކުރުމާ ގުޅޭ ގޮތުން މިހާތަނަށް ހޯދުނު އެންމެ ފުޅާ ހޯދުމެވެ.

"މިއަށްވުރެ ގިނައިން ކުޑަ ކުދިންތަކެއް ގުރުބާން ކޮށްފައިވާ ސައިޓެއް އަދި ނުފެނޭ، މިއީ ދުނިޔެއިން ވެސް ފެނުނު މިފަދަ ފުރަތަމަ ތަން،" އޭނާ ވިދާޅުވި އެވެ.

ގުރުބާނުގެ ގޮތުގައި މަރާލެވުނު ހުރިހާ ކުދިންނަކީ ވެސް ސިއްހަތު ރަނގަޅު ކުދިން ކަމަށް ޕޯސްޓް މޯޓަމް ރިފޯޓުގައި ދެއްކި އެވެ. އަދި އެ ކުދިން ހިތް ނެގުމުގެ ކުރިން ބޯ ބާލާފައިފައިވާ ކަމަށްވެސް ޕޯސްޓް މޯޓަމުން ޔަގީންވި އެވެ.

ކުދީންގެ ކަށިތަށް ފެނުނު ސަރަހައްދު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އިތުރު ދެ މީހެއްގެ ކަށިތަށް ވެސް އާކިއޮލޮޖިސްޓުންގެ ޓީމަށް ފެނުނެވެ. އެއީ އަންހެނަކާއި ފިރިހެނެއްގެ ކަށިތަކެވެ. ކުރިން ފެނުނު އެއްވެސް ކަށިތަކެއްގެ ޑިއެންއޭ ފަހުން ފެނުނު ކަށިތަކާއި ދިމާއެއް ނުވެ އެވެ. އެމީހުން ހުރިހާ ކަށިތަކެއް ސަލާމަތުން ހުރި އިރު މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށްވެ އެވެ. އެކަމަކު ގުރުބާން ކޮށްލެއްވޭ ކަންބަޅިއާ ކުދިން ވަޅުލާ ގަނބުރުސްތާނެއްގައި އެމީހުން ކަށިތަށް ފެނުނު ސަބަބެއް މިހާތަނަށް ވެސް އޮތީ ސާފު ނުވެއެވެ.

ޕެރޫގައި މިހާރުވެސް ބައެއް ހިސާބުތަކުގައި ގުދުރަތީ ހާދިސާއަކާއި ގުޅިގެން ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް ކަންބަޅި އާއި ގެރި ގުރުބާން ކުރެ އެވެ.