ހަބަރު

ހިޔާއިން ފިލި 7 ކުއްޖަކު ހުއްޓުވައި، އެތަނާ ހަވާލުކޮށްފި

Aug 10, 2019
2

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތިއިން މިއަދު ހެނދުނު ފިލި ހަތް ކުއްޖަކު ފުލުހުން ހުއްޓުވައި އަނބުރާ ފިޔަވައްޗާ ހަވާލުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހަތް ކުދިން ފިލިކަމުގެ މައުލޫމާތު ފިޔަވަތިން ދީފައިވަނީ މިއަދު ހެނދުނު 7:10 ހާއިރު އެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެ ކުދިން ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުރި ފެންސެއްގެ މައްޗަށް އަރާ ތިއްބާ، ނަގައިގެން އަނބުރާ ފިޔަވައްޗަށް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެއިގެ ތެރެއިން ކުއްޖަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް ހުޅުމާލެ ހިޔާގެ ކުދިންތަކެއް އެ ތަނުގެ ފުރާޅު މައްޗަށް އަރައިގެން އުޅުނު ފޮޓޯތަކެއް އާންމުވި އެވެ. އެ ދުވަހު ވެސް އެ ކުދިން ހުއްޓުވީ ފުލުހުންނެވެ.