ހަބަރު

ޕީސީބީއިން ނިޒާރު އިސްތިއުފާ ދެއްވައިފި

Aug 20, 2019
3

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ނިޒާރު އިސްތިއުފާ ދެއްވިކަން އޭނާ މިއަދު ވަނީ ޓްވިޓާގައި ހާމަކުރައްވާފަ އެވެ. މޭޒު މަތީ ޓައިއެއް ބާއްވާފައި އޮތް ފޮޓޯއެއް ޓުވީޓް ކުރައްވަމުން ނިޒާރު ވިދާޅުވީ ޕީސީބީގައި ފަސް އަހަރާއި 26 ދުވަސް މަސައްކަތް ކުރުމަށް ފަހު މިއަދު އެ ޓައި ނަގާފައިވާ ކަމަށެވެ. ދައުލަތަށް 34 އަހަރު ހިދުމަތް ކުރެވިއްޖެ ކަމަށާއި ދައުލަތަށާއި ޕީސީބީގެ މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ކުރެއްވި ޓުވީޓު

ޕީސީބީއަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ބޯޑެކެވެ. އެ ބޯޑުގައި ޖުމުލަ ހަތް މެންބަރުން ތިބެ އެވެ. ނަމަވެސް ކުރީ ސަރުކާރުގައި އެ ބޯޑު ރަނގަޅަށް ނުހިނގާ އޮތް ކަމަށް ބުނެ ބޯޑުގެ ބައެއް މެންބަރުންގެ އިސްތިއުފާއަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.