ވިޔަފާރި

ދެވަނަ ކްއާޓާގައި ދައުލަތައް 3.14 ބިލިއަން ރުފިޔާ އާމްދަނީއެއް

މި އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތައް 3.14 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ބުނި ގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި އެ އޮތޯރިޓީ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.14 ބިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ބަލައިގެންފައިވަނީ 3.75 ބިލިއަން ރުފިޔާ އެވެ.

މީގެ ތެރޭގައި ހިމެނެނީ ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ 1.5 ބިލިއަން ރުފިޔާ އާއި ބީޕީޓީގެ ގޮތުގައި ލިބިފައިވާ 497 މިލިއަން ރުފިޔާގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބުނު 343 މިލިއަން ރުފިޔާ އެވެ.

މީރާއަށް މި މުއްދަތުގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 131 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 153 މިލިއަން ރުފިޔާ އެވެ.