ޗުއްޓީއަށް ދިޔައިރު، މުހިންމު ދެކަމެއް ނުނިމި!

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު ކަންކަމުގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔައީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އާ މަޖިލީހުގެ މަސައްކަތްތަކުގެ ސުޕީޑް ބާރު ނަމަވެސް، ފުރަތަމަ ދައުރަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު މުހިންމު ދެ މައްސަލައަކަށް އޮތީ ގޮތް ނުނިންމަ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ އެވެ. އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވީ މިދިޔަ ޖުލައި މަހުގެ 22 ގައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވެ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ ދޮޅު މަހަށްވުރެ ގިނަ ދުވަސްވީ އެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ބޭފުޅަކު އެ މަގާމަށް ކުރިމަތި ލެއްވި އެވެ. ނަމަވެސް އެ މަގަމާށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖިލީހަށް ފޮނުއްވެވީ ހަތަރު ބޭފުޅެއްގެ ނަމެވެ.

ރައީސް މަޖިލީހަށް ފޮނުވި ނަންތައް

  • ހުސައިން ފިޔާޒް މޫސާ، އަތަމާގެ، ތ. ވިލުފުށި
  • އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
  • އަހުމަދު އާހިދް ރަޝީދު، ހ. ގްރޫއަ
  • ފާތިމަތު ސައުޝަން، މ. ވެންކޫވަ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް މި މައްސަލަ ފޮނުވުމުން އެ ބޭފުޅުންނާ ކޮމެޓީން ވަނީ އިންޓަވިއުކޮށްފަ އެވެ. އަދި އެ ހަތަރު ނަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އޮތީ ހުޅުވާލާފައެވެ.

ނަމަވެސް މި މައްސަލައާމެދު ވަކި ގޮތެއް ނުނިންމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ޗުއްޓީއަށް ގޮސްފަ އެވެ. ޗުއްޓީއަށްފަހު މެންބަރުން މަސައްކަތަށް އެނބުރި ވަޑައިގަންނަވާނީ މަސް ދުވަސް ފަހުންނެވެ. އެހެންކަމުން ކުރިއަށް އޮތް މަސްދުވަސް ވެސް ހޭދަވެގެން ދާނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްކޮށް އޮވެއެވެ.

އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ޖުލައި 13، 2014 ގައި އުފައްދާފައިވާ އޮފީހެކެވެ. އެ އޮފީހުގެ މަގްސަދަކީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް ހުރި ހުރަސްތައް ނައްތާލައި ވީހާ ވެސް ބޮޑަށް މައުލޫމާތު ހާމަ ކުރުމަށް ފުރުސަތު ހުޅުވާލުމެވެ.

މީގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ މެންބަރުންގެ ނަންތައް މަޖިލީހަށް ފޮނުއްވެވި ނަމަވެސް އެ މައްސަލާގައިވެސް އަދި ގޮތްތަކެއް ނިންމާފައެއް ނުވެއެވެ.

ބްރޯޑްކޮމަށް ދެ މެންބަރުން އައްޔަން ކުރަނީ އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އިސްމާއީލް ސޮފްވާނާއި ހަސަން ނަބާހު މި ދިޔަ މެއި މަހު އިސްތިއުފާ ދެއްވާފައިވާތީ އެވެ. އެ ދެ ބޭފުޅުން ކޮމިޝަނުން އިސްތިއުފާ ދެއްވީ، ކޮމިޝަންގެ ވަކިވަކި މެންބަރުންގެ މައްސަލަތައް މަޖިލީހުގެ ކޮމިޓީން ބަލަން ފަށާފައި ވަނިކޮށެވެ.

އެހެންކަމުން ބްރޯޑްކޮމްގެ ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތާ ތިން މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެ ދެ މަގާމަށް 36 ނަމެއް ހުށައެޅިފައިވާއިރު އިސްކަން ދެއްވާ ތަރުތީބުން އެ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވާތާ ވެސް ދުވަސްކޮޅެއް ވަނީ ވެފަ އެވެ. އެ މަސައްކަތް މިނިވަން މުއައްސަސާތަކުން ކުރަމުންދާއިރު، އެ ބޭފުޅުންނަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ވެސް މަޖިލީހުގެ އިދާރާއިން ވަނީ ހުޅުވާލާފަ އެވެ.

ބްރޯޑްކޮމަށް އައްޔަން ކުރަން ފޮނުވި ނަންތައް

  • ޝިފްލާ އިބްރާހިމް، ގ. މަސްއޮޑިގެ
  • މުހައްމަދު ހިލްމީ، ގ.ޑޭޒީފެހި
  • އަހުމަދު ގައިސް، ސަނީޑެއިލް، ގދ. ތިނަދޫ
  • އަލީ ޔޫސުފް، ބާރަނާ، ޅ. ހިންނަވަރު
  • އާމިލާ އާދަމް، މއ. އަޅިފެހި
  • އަހްމަދު ފައިރޫޒް، މއ. ރަސްއައިނު
  • ޖައުފަރު ރަޝީދު، ފަތަކުމާގެ، ފ. ދަރަނބޫދޫ
  • އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
  • ސައުދާ ސަލީމް، ރަބީއު މަންޒިލް، ހއ. ހޯރަފުށި
  • ނަފީޒު މުހައްމަދު، ދަފްތަރު ނަންބަރު 14596
  • އަބްދުއް ލަތީފް އަހްމަދު، ދަފްތަރު ނަންބަރު 2345
  • ޔުސްރާ އަހުމަދު، ޖަނބުރޯޒްގެ، ގދ. މަޑަވެލި
  • އަހްމަދު އަޝްރަފް، ވ. މަށިވެލި
  • އަބްދުﷲ ރައްޔާން، ވައްތީނިގެ، ހދ. ކުޅުދުއްފުށި
  • އާއިޝަތު ލީޒާ، ލޯރަލްއާގެ، ނ. ވެލިދޫ
  • އަހްމަދު ޔަމާން މުޝްތާގު، މ. ބިއުޓީން ހައުސް
  • މޫސާ ރިލްވާން، މ. ހާވިލާ
  • އިބްރާހިމް ޝަރީފް، ގ. އަލިޝާ
  • މުއުމިނާ އާދަމް، ގ. ހާފްޝީ
  • އަލީ ސަމްއާން، ދަފްތަރު ނަންބަރު 5312
  • އަހްމަދު މައުރޫފް، ނިއުލައިޓް، ލ. ކަލައިދޫ
  • އައިޝަތު ހުސެއިން މަނިކު، ހ. ރީނދޫކޮކާގެ
  • ފާތިނާ ގާސިމް، ދަފްތަރު ނަންބަރު 4055
  • މުހައްމަދު ޝައްމޫން، މ. ވަސެލް
  • ހިދާޔަތުﷲ، އޯޝަންރީޑް، ގދ. ތިނަދޫ
  • އައިޝަތު ތަޝްކީލް، މއ. ކަނޑުބަލާގެ
  • އިސްމާއިލް ސާޖިދު، މއ. ވިލާރޮނދި
  • މުހައްމަދު ސަނޫން، ނައިޓްވިލާ، ބ. ފެހެންދޫ
  • އަލީ ސައީދު، ބޭބީ ހައުސް، ޅ. ނައިފަރު
  • މުހައްމަދު ސައުޒަމް، ކީސްވިލާ، ރ. އިނގުރައިދޫ
  • އިބްރާހިމް ހަމްޒާ ޚަލީލް، ގ. ސުރުމުތި
  • މުހައްމަދު އިބްރާހިމް މަނިކު، ކުޅިފަސް، ތ. ތިމަރަފުށި
  • މަރިޔަމް ސައާދާ، ނަޝޭމަން، ރ. އުނގޫފާރު
  • އާފިޔާ އަބްދުލް އަޒީޒް، ދަފްތަރު ނަންބަރު 8946
  • އިބްރާހިމް ނަޝީދު، މ. އިރުވައިގެ
  • މުހައްމަދު ފަރުހާދު، ހަސަންކާރިގެ، ސ. ހިތަދޫ

މުހިންމު ދެ މައްސަލައަކަށް މަޖިލީހުން ގޮތް ނުނިންމާ ޗުއްޓީއަށް ދިޔަ ނަވެސް، ނިމިދިޔަ ދައުރުގައި މަޖިލީހުން މުހިންމު ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެގޮތުން ސުޕްރީމްކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މައްސަލައާ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ރައީސް ފޮނުއްވެވި ނަންފުޅަށް ވަނީ ރުހުން ދެއްވާފަ އެވެ. މީގެ އިތުރުން ރިކޯޑް އަދަދަކަށް މަޖިލީހުގެ ޖަލްސާތައްވެސް ވަނީ ބާއްވާފައެވެ. މިދިޔަ ދައުރުގައި 47 ޖަލްސާ ވަނީ ބާއްވާފައެވެ. އަދި އާންމުކޮށް މަޖިލީސް ބާއްވަވާ ދުވަސްތައް އިތުރުކުރައްވާ މަޖިލީހުގެ ޖަލްސާގެ ރަސްމީ ވަގުތުވެސް ވަނީ ބޮޑުތަނުން އިތުރުކުރައްވާފައެވެ. މީގެ އިތުރުން ކޮމެޓީ ބައްދަލްވުމެއްވެސް ވަނީ ބާއްވާފަ އެވެ. އެ ބައްދަލްވުންތަކަށް މެންބަރުން ވަނީ 548 ގަޑިއިރާއި 23 މިނެޓް ހޭދަ ކުރައްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.