ރައްޔިތުންގެ މަޖިލިސް

އީވާ މިއަދުވެސް ސަލާމް، ހަސަން އަފީފުއާއެކު ޖަލްސާ ކުރިއަށް

ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވަވާފައިވާތީ މަޖިލީހުގެ ގަވާއިދުގެ ދަށުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް ސަލާމް ފޮނުއްވަވާފައިވާތީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަދި އެ މާއްދާގެ ތަރުތީބަށް ބަލައި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ދަންނަވާ ކަމަށެވެ.

ރިޔާސަތާ ހަވާލުވެވަޑައިގެން ހަސަން އަފީފު ޖަލްސާ ފެއްޓެވުމުން ބައެއް މެންބަރުން ވަނީ މަޖިލީހުގައި އަޑު ގަދަކުރަން ފައްޓަވާފަ އެވެ.

އެގޮތުން ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވާ ނަޝީދު ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅިފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345