މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ހަތް އިމާރާތަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. މި ހާދިސާގައި އޭގެ ތެރެއިން އެއް އިމާރާތުގައި ދިރިއުޅުމެންދިޔަ އަންހެނަކު ވަނީ މަރުވެފަ އެވެ. އެ އަންހެންމީހާގެ ހަށިގަނޑު ފެނުނީ އަނދާ ހުލިވެފައިވާ އިމާރާތުގެ ތެރެއިންނެވެ. އޭނާގެ އެންމެ ފަހު ފޯނު ކޯލްގައި ވެސް އެ އިމާރާތުގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ސަލާމަތްކޮށް ދިނުމަށް އެދިފައިވެ އެވެ.