ހަބަރު

ޖަޕާނުން ދިން އަލިފާން ނިވާ އުޅަނދުތައް 14 ރަށަކަށް

Oct 7, 2019
1

ޖަޕާން ސަރުކާރުން ހަދިޔާކުރި އަލިފާން ނިއްވަން ބޭނުންކުރާ އުޅަނދުތައް ފޮނުވަންޖެހޭ ރަށްތަކަށް ފޮނުވާ ނިމިފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ޖަޕާން ސަރުކާރުން ހަދިޔާ ކޮށްފައި ވަނީ 24 ވެހިކަލާއި ފަސް ލޯންޗެވެ، އެ ތަކެތި ފޮނުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 14 ފަޔާ ސްޓޭޝަނަކަށެވެ. ،

އުޅަނދުތައް ދީފައި މާަލޭ ސިޓީގައި ހިމެނޭ ތިން ރަށުގެ އިތުރުން ހދ. ކުޅުދުއްފުއްޓާއި ޅ. ނައިފަރާއި ސިނާއީ ރަށް ތިލަފުއްޓާއި އދ. މާމިގިއްޔާއި ފ. ނިލަންދޫ އާއި ދ. ކުޑަހުވަދޫ އާއި އިސްކަންދަރު އެއާޕޯޓް އޮންނަ ލ. ކައްދޫ އާއި ގދ. ތިނަދޫ އާއި ޏ. ފުވައްމުލަކާއި ސ.ހިތަދޫ އަދި ސ. ހުޅުމީދޫ އެވެ.