އަވަސް ރީލް

އަވަސް ރީލް: ކެމިކަލް އަލިފާނުން ލިބުނު ގެއްލުމުގެ ކޮޅެއް ނެތް

Sep 21, 2019
2
މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅޭ ތަފްސީލްތަކާއެކު ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް | އަވަސް

ވެރިރަށް މާލޭގެ ކެމިކަލް ގުދަނެއްގައި ރޯވި އަލިފާންގަނޑު ފެތުރި، ހަތް އިމާރާތަކަށް އެ އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ. ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު އަދި ނުރައްކާތެރި ހާދިސާގައި ރޯވި އެއް އިމާރާތްތަކުގެ ތެރެއިން އެއް އިމާރާތެއްގައި ދިރިއުޅުމެންދިޔަ އަންހެނަކު ވަނީ މަރުވެފަ އެވެ. އޭނާގެ އަނދާފައިވާ ހަށިގަނޑު ފެނުނީ އަލިފާނުގައި ހުލިވެފައިވާ އިމާރާތުގެ ތެރެއިންނެވެ. އެ އަލިފާނުގެ ތެރޭގައި އޭނާގެ އެންމެ ފަހު ފޯނު ކޯލްވެސް ކޮށްފައި ވެއެވެ. އޭނާގެ ފޯން ކޯލުގައި އެ އިމާރާތުގެ ތެރެއިން ނުކުމެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ސަލާމަތްކޮށް ދޭން އެދުނެވެ. އަދި އޭނާއަށް ހެޔޮ ދުއާ ކޮށް ދިނުމަށް ވެސް އެދިފައި ވެއެވެ. އަލިފާނުގެ އެ ހާދިސާއާ ގުޅިގެން އަވަސް އޮންލައިން އިން ގެނެސް ދީފައިވާ ރިޕޯޓްތަކާއި ހަބަރާއި ފޮޓޯތައް ޝާއިކޮށްފައި ވަނީ ކެމިކަލް ގުދަނުގައި ރޯވުން މި ސޮފުހާގަ އެވެ،