މާލޭ ސިޓީ

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް އެބަހުރި

މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ތަނެއް ބަލައި ޗެކް ކުރަނީ -- ޑިފެންސް މިނިސްޓްރީ
0%
0%
0%

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް އެބަހުރި ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މި މައުލޫމާތު ހާމަކޮށްފައި މިވަނީ "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެ މިނިސްޓްރީގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު އެވެ.

ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނުގެ ތެރޭގައި ހިމެނެނީ ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަ އެކެވެ.

މި އޮޕަރޭޝަންގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ކެމިކަލް ރައްކާކޮށްފައި ހުރީ ކެމިކަލާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށްތޯ ބަލާފައިވެ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ އޮޕަރޭޝަން ކުރިއަށް ގެންދިޔަ މުއްދަތުގައި 399 އިމާރާތް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން އޮޕަރޭޝަނެއް ފެށީ މާލޭގައި ނުރައްކާތެރި ކެމިކަލް ރައްކާތެރި ކަމެއް ނެތް ގޮތަށް ގުދަންކުރާ ކަމަށް ބުނެ ބައެއް އާންމުން ސޯޝަލްމީޑިއާގައި ކަންބޮޑުވުންތަކެއް ހިއްސާކުރި ފަހުންނެވެ.

މާލޭގައި ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކަކަށްފަހު މާލޭގައި ކެމިކަލް ގުދަން ކުރުމަކީ މަނާކޮށްފައިވާ ކަމެކެވެ.

އަލިފާނުގެ އެ ހާދިސާ ހިނގީ ކެމިކަލް ރައްކާކުރާ ތަނެއްގައި އަލިފާން ރޯވެގެންނެވެ. އެ ހާދިސާގައި އެކަކު މަރުވެ ހަތަރު ގުދަނަކާއި މީހުން ދިރިއުޅޭ ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345