ޑިފެންސް މިނިސްޓްރީ

ނުރައްްކާތެރި ކެމިލަކް އެެތެރެ ކުރަން ހުއްދަ ދީފި

ކައިރި ކައިރީ ވެރިރަށް މާލޭގައި ހިނގި އަލިފާނުގެ ބޮޑު ދެ ހާދިސާތަކަށްފަހު، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ދިނުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ ހުއްދަ އަލުން ދޭން ފަށައިފި އެވެ.

މިދިއަ ސެޕްޓެންބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާ އާއި 30 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރާއްޖެއަށް ނުރައްކާތެރި ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދިނުން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެކޮށް ގުދަން ކުރުމުގެ ގަވާއިދެއް މިހާރު އެކުލަވާލައި އާންމު ކޮށްފައި އޮތުމުން ރައްކާތެރި ކަމާއެކު އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމުގެ އިންތިޒާމު ހަމަޖައްސައިގެން މާލެ ފިޔަވައި އެހެން ރަށްރަށުގައި ގުދަން ކުރާނަމަ، ނުރައްކާތެރި ކެމިކަލް ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަަށެވެ.

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން އެކަކު މަރުވެ، ގިނަ އިމާރާތްތަކެއް ވަނީ އަދައިގެން ގޮސްފައެވެ. އަދި 700 ވުރެ ގިނަ މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. އެ ހާދިސާ އައީ ކެމިކަލް ބަންދުކޮށްގައި ހުރި ގުދަނެއްގައި ރޯވެގެނެވެ. އޭގެ ފަހުން ޓީޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާ ގައި ލޯންޗަކާއި، ތެޔޮ ބައުޒަރުތަކެއްގައި ރޯވެ އެތަކެތި ވަނީ އަނދައިގެން ގޮސް ބޮޑެތި ގެއްލުން ވެފައެވެ.