ހަބަރު

ޓެކްނޮލޮޖީ މިނިސްޓްރީގެ ނައިބަކަށް ބޭފުޅަކު އައްޔަންކޮށްފި

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލިޖީގެ ނައިބުގެ މަގާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެ މަގާމަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ، ތ. ހިރިލަންދޫ ތިރިންގަލި މުހައްމަދު ޝާތިރު އެވެ. ޝާތިރުވަނީ މީގެ ކުރިން ގައުމީ ގައުމީ އަރުޝީފުގެ ޑިރެކްޓަރުގެ މަގާމު އަދާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ސީނިއާ އެޑިޓަރުގެ މަގަމާއި، އެ ދައިރާގެ އެކިއެކި މަގާމުތަށް އަދާކޮށްފަ އެވެ. މީގެ އިތުރުން ޝާތިރަކީ ތާރިހު ދިރާސާކުރުމާއި މީޑިޔާގެ ދާއިރާއިން އެކިވުޒާރާތަކަށް ފަންނީ ލަފާ ދެއްވުމާއި ލިޔުންތެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

ދެހާސް ސަތާރަވަނަ އަހަރު ޝާތިރުވަނީ ދިވެހި ތާރީހުގެ ދާއިރާއިން، ދިވެހި ތާރިހާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކޮށްފަ އެވެ. ޝާތިރަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާ ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.