ހަބަރު

އީސީއަށް ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި ފުއާދާއި އަމްޖަދު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާއި އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ކުރިމަތިލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ތަޅުމަށް އިއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅުގައިވާ ގޮތުން، އީސީއަށް ވަނީ 10 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް ފާހަގަކުރެއްވިއިރު، ރައީސް ފޮނުއްވި ތަރުތީބުގައި އެންމެ ފުރަތަމަ އޮތީ ފުއާދުގެ ނަމެވެ. ދެން އޮތީ އަމްޖަދުގެ ނަމެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާގެ ދައުރު އަންނަ މަހުގެ 24 ވަނަ ދުވަހު ހަމަވާތީ އެވެ. އެ މަގާމަށް އައްޔަން ކުރަން ރައީސް ހަތަރު ނަމެއް ފޮނުއްވި ނަމަވެސް އެ މަގާމަށް ކަނޑައަޅަން ޖެހޭނީ އެންމެ ބޭފުޅެކެވެ.

އީސީއަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް

  • ފުއާދު ތައުފީގު، މއ. ތަޅަމުދިގެ (އީސީގެ ކުރީގެ ރައީސް)
  • އަމްޖަދު މުސްތަފާ، އަލިވާގެ، ގއ. މާމެންދޫ (އީސީގެ ނައިބު ރައީސް)
  • ހަސަން ނާޒިމް، ހ. ގާޑެނިއާ
  • މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ

އީސީއަށް ދެން ކުރިމަތިލި މީހުން

  • އައިމިނަތު ސާދިޔާ، މ. ޕިސްތާގެ
  • ޑރ. މުއާވިޔަތު މުހައްމަދު، މ. ޒޭވަރު
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851
  • މުހައްމަދު އަހުމަދުފުޅު، ބުރެވިމާގެ، ޅ. ހިންނަވަރު
  • ނިއުމާލް ޝަފީގު، މ. މާފުށީގެ
  • މުހައްމަދު އިސްމާއީލް، މ. ކެލާ