ވިޔަފާރި

އުރީދޫ ކަލަ ރަން ރަން ކިޓް "މޫލީ" އިން ގެންގޮސް ދިނުން ހިލޭ

Oct 5, 2019

އުރީދޫ ކަލަ ރަން، އަންނަ މަހުގެ 29 ގައި ބާއްވާއިރު، ކަލަ ރަންގެ ކިޓް އުރީދޫ އޮންލައިން ވިޔަފާރީގެ ހާއްސަ އެޕް "މޫލީ" އިން ހިލޭ ގެންގޮސް ދޭނެ ކަމަށް ބުނެފި އެވެ.

އުރީދޫ އިން ބުނީ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ ކަލަ ރަން އޮންނާނީ އަންނަ މަހުގެ 29 ވަނަ ހުކުރު ދުވަހު ހުޅުމާލޭގައި ކަމަށެވެ. އަހަރުން އަހަރަށް ބައިވެރިން ގިނަވެ، ރެކޯޑް އަދަދަކަށް ދުވުންތެރިން ބައިވެރިވާ ދުވުމުގެ އިތުރުން، އެ ދުވަހުގެ ހެނދުނު ގުޑި އެރުވުމުގެ ހާއްސަ ހަރަކާތެއްވެސް އޮންނާނެ އެވެ. އަދި މި އިވެންޓު ކުރިއަށްދާއިރު ރޭގަނޑު ގަޑީގައި މިއުޒިކް ޝޯއެއް ވެސް ބޭއްވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ވަނީ އުރީދޫ ކަލަ ރަންގައި ބައިވެރިވާ ފަރާތްތަކުން ދުވުމުގައި ރަޖިސްޓްރޭޝަން ކުރިއަށް ދަނީ އުރީދޫ މޫލީ މެދުވެރިކޮށް، މައި އުރީދޫ އެޕްގައި ކަމަށާ މިގޮތުން، ބައިވެރިންގެ ކިޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.

ކަލަ ރަންގައި ރަޖިސްޓްރީ ކުރާނެ ގޮތް

އުރީދޫ އެޕް ޑައުންލޯޑުކޮށް، ލޮގް އިން ކުރާނީ އެވެ. ރާއްޖޭގެ ކޮންމެ ނެޓްވާކެއްގެ ނަމްބަރެއް ބޭނުންކޮށްގެން ވެސް މި އެޕަށް ލޮގިން ކުރެވޭނެ އެވެ. އަދި "ޝޮޕް ނައު" އަށް ފިއްތާލާނީ އެވެ. އަދި ބޭނުންވާ އުރީދޫ ކަލަ ރަން ކިޓް، އަދި ސައިޒް ޗާޓާއި އެއްގޮތުގެ މަތިން ޓީޝާޓް ސައިޒު ހިޔާރުކުރުމަށްފަހު، 'ބައި ނައު' އަށް ފިއްތާލުމުން ގަނެވޭނެ އެވެ.

އުރީދޫ ކަލަ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާ ހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތް ތަކަށް ވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރެ އެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށް ވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެ އެވެ.