އުރީދޫ

ފުރަތަމަ ކުއާޓަރުގައި އުރީދޫގެ އާމްދަނީ 554 މިލިއަނަށް

އުރީދޫ މޯލްޑިވްސްއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 554 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް އެ ކުއާޓަރުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށްވުރެ 7.9 ޕަސަންޓް އިތުރުވެފަ އެވެ.

އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 513.6 މިލިއަން ރުފިޔާ އެވެ.

އުރީދޫއަށް މިދިޔަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 429.9 މިލިއަން ރުފިޔާ ލިބުނެވެ.

މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތްތަކުން 123.9 މިލިއަން ރުފިޔާ ލިބުނެވެ.

ޓެކުހަށް ކެނޑުމަށްފަހު އުރީދޫއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 162 މިލިއަން ރުފިޔާ ފައިދާވެފައިވެ އެވެ.