އެޑްވަޓޯރިއަލް

ނާލު އެކްސްޕްރެސް: މުދާ ގަނެދީ، ގޯއްޗައް!

Oct 19, 2019
4

ޒަމާނަށް އައި ބަދަލުތަކާއެކު ދިވެހިންގެ އެއްޗެހި ގަތުމުގެ އާދަކާާދައަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. އެންމެ ފަހުގެ ބްރޭންޑްތަކުގެ އެއްޗެހި ގަންނަން ބޭނުންވެ އެވެ. އެކަމަކު ހާލަތަށް ބަލާއިރު ރާއްޖެއިން އެފަދަ އެއްޗެއް ގަތުން ވެފައިވަނީ އިންތިހާއަށް ޖީބަށް ބަރުވާ ކަމަކަށެވެ. ނަމަވެސް ހާސްނުވާށެވެ. ފަސޭހަ ހައްލެއް އެބަ އޮތެވެ. ނާލު އެކްސްޕްރެސް އެވެ.

"ނާލު އެކްސްޕްރެސް" ގައި ރަޖިސްޓާ ކޮށްލުމާއެކު 29 ގައުމެއްގެ ޝިޕިން އެޑްރެސް ލިބިގެން ދާނެ އެވެ.

"ނާލު އެކްސްޕްރެސް" އަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އީ-ލޮޖިކްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ އޮންލައިން ޝޮޕިން ޕްލެޓްފޯމެކެވެ. މިއީ ބައިނަލްއަގްވާމީ ޝިިޕިން ސާވިސްއެއް ކަމުގައިވާ ޝޮޕް އެންޑް ޝިޕްއާއި ގުޅިގެން އެފަރާތުން ފޯރުކޮށްދޭ ހިދުމަތެކެވެ.

އެގޮތުން މި ހިދުމަތުގެ ދަށުން އެމެރިކާ، އިނގިރޭސިވިލާތް އަދި ކޮރެޔާ ފަދަ 29 ގަައުމެއްގެ އޮންލައިން ސްޓޯރުތަކުން ކަސްޓަމަރުންނަށް ގަންނަން ލިބޭ މުދާތައް ރާއްޖެއާ ހަމައަށް ޝިޕްކޮށްދޭނެ އެވެ. ކިހާ ފަސޭހަ ހެއްޔެވެ؟

މި ހިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ނާލު.އެމްވީއަށް ވަދެ، މެންބަރެއްގެ ގޮތުގައި ރަޖިސްޓާވާންޖެ ހެއެވެ. އޭރުން އެފަރާތްތަކަށް ޝޮޕް އެންޑް ޝިޕްގެ 29 ގައުމުގެ ޝިޕިން އެޑްރެސް ލިބިގެންދާނެ އެވެ. އެއަށްފަހު ބޭނުންވާ އޮންލައިން ސްޓޯރުތަކުން ޕްރޮޑަކްޓެއް ގަތުމަށްފަހު އެންމެ ކައިރީގައިވާ ޝޮޕް އެންޑް ޝިޕްގެ އައުޓްލެޓަށް ނުވަަތަ އެޑްރެސްއަށް ޑެލިވާ ކުރުމަށް ޖަހާލަންވީ އެވެ.

އެއަށްފަހު ނާލު.އެމްވީގެ ޒިންމާ ފެށުނީ އެވެ. ގަންނަން ބޭނުންވާ އެއްޗެއް "ނާލު އެކްސްޕްރެސް" އަށް ވާސިލްވެ، އޭގެ ބަރުދަނާއި ޝިޕްމެންޓްގެ ތަފްސީލްތައް ދެނެގަނެ، ތައްޔާރު ކުރަން ޖެހޭ ލިޔެކިޔުންތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރާނެ އެވެ. އެ ހިސާބުން އިތުރަށް ފައިސާއެއް އަރާނަމަ ނާލުން އަންގާނެ އެވެ. ހާސް ނުވާާށެވެ. މުދާ އެ ހިސާބުން ތިޔަ ފަރާތާ ހިސާބަށް ވާސިލްވީ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގެ މުދާ ރާއްޖެއިން ގަތުމަށް ބުރަ އުފުލައި، ބޮޑު ހަރަދާއި ރާއްޖެ ގެންނާނެ ގޮތާއި މެދު ކަންބޮޑުވާން ނުޖެހެއެވެ. ނާލު.އެމްވީ އާއެކު ވިޔަފާރިކޮށް ޝިޕް ކުރުމަށް އަވަހަށް ދާށެވެ.