ސައިންސް

ސޫރަ ސިފަކޮށްދޭ ގަދީމީ ސަންދޯއް ތަކެއް!

މިދުވަސް ވަރަކީ އަނެއްކާވެސް މިސްރުގެ މާޒީ ކޮނުމުގެ މަސައްކަތް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ފަށައިގަނެގެން އުޅޭ ދުވަސްވަރެވެ. ބޭނުމަކީ މިސްރުގައި އަދިވެސް ވެލި އެޅި ފޮރުވިފައިވާ ތާރީހުގެ ބައިތައް ދުނިޔެއަށް ނިއުޅާލުމެވެ. މިސްރަކީ އެންމެ މުއްސަނދި ތާރީހެއް އޮތް ގިނައިން ކަންކަމާ ގުޅިފައިވާ ތަކެއްޗާއި ސައިޓުތައް ފޮރުވިފައިވާ އެއް ގައުމެވެ.

ބުނެވޭ ގޮތުގައި މީގެ އެތަކެއް ސަތޭކަ ގަރުނެއް ކުރިން މިސްރުގައި އުޅެމުން ދިޔަ މީހުން ވަނީ އެމީހުންގެ ތާރީހީ މައުލޫމާތު ރައްކާތެރި ކުރުމުގެ ގޮތުން އެމީހުން އުޅެމުން ދިޔަ ސަރަހައްދު ތަކުގައި އެކަންކަން ފޮރުވާފަ އެވެ. މިސްރުން ތާރީހީ ތަކެއްޗާއި ތާރީހީ ސައިޓުތަށް އެންމެ ގިނައިން ފެންނަނީ އެ ގައުމުގެ އައްސޭރި ހިސާބުންނާއި ވާދީ ތަކުންނެވެ. މި ސަރަހައްދު ތަކުގައި މިހާރު މީހުން ދިރިއެއް ނޫޅެވެ.

ގާދިމީ ޒަމާނުގައި މިސްރުގެ މަތީ ފެންވަރުގެ ބޭފުޅުން އަވަހާރަވުމުން ހާއްސަ ސަންދޯކެއް ތައްޔާރުކޮށް ވަޅުލަ އެވެ. އެމީހުން ވަޅުލަން ހާއްސަ ގަބުރުސްތާނެއް އޮވެ އެވެ. މިސްރުގެ އައްސޭރިފަށުގައި ހަރަކާތްތެރިވަމުން ދިޔަ އާކިއޮލޮޖިސްޓިންނަށް ވަނީ މިފަދަ ގަބުރުސްތާނެއް ފެނިފަ އެވެ. އެ ގަބުރުސްތާނުގައި 20 ސަންދޯކެއް ވަޅުލާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. މި ސަންދޯކުތަކުގައި ކުރާހާފަދއިވާ ކުރެހުންތަކާއި ލިޔުންތައް މިހާރުވެސް ސާފުކޮށް ފެންނަ އެބަހުރި ކަމަށް ސަންދޯކުތައް ހޯދި އާކިއޮލޮޖިސްޓުންގެ ޓީމުން ވަނީ ބުނެފަ އެވެ

ސަންދޯއްތައް ތައްޔާރު ކޮށްފައި ވަނީ ގަލުންނެވެ. މި ސަންދޯއްތައް ހުންނަ ގޮތުން ސަންދޯކުގެ އެއް ކޮޅުން މީހެއްގެ މައިގަނޑު ސިފަ ފާޅު ވާނެ އެވެ. އަނެއް ކޮޅުން މީހެއްގެ ދެފައި ސިފަވެ އެވެ. ބަލާ ބެލުމަށް ހީވަނީ އޮށޯވެލައިގެން މީހަކު އޮންނަ މަންޒަރު ދައްކުވައިދޭ ސްޓެޗޫ އެއް ހެންނެވެ.

މިއީ މިއަހަރު ހޯދުނު އެންމެ މުހިންމު ތާރީހީ ބިނާ ކަމަށް މިސްރުގެ ތާރީހާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ. އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސަންދޯއްތައް ތަހުލީލު ކުރުމުން މިއީ ވަރަށް ކުރީގެ ގަރުނެއްގެ ސަންދޯކުތަކެއް ކަން އެނގިގެން ދިޔަ އެވެ. ނަމަވެސް އެއީ ސީދާ ކޮން އަހަރެއް ކަން ނޭނގުނެވެ.

ތާރީހު ދިރާސާ ކުރާ މިސްރުގެ އެހެން ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ސަންދޯކުތަކަކީ 90 ގަރުނާއި 100 ގަރުނު ވާން ގާތްވެފައިވާ ސަންދޯކުތަކެވެ. އެހެން ބުނަން އެނގެނީ ސަންދޯކު ބޭރުގައި ހުރި ކުރެހުންތަކަކީ މީގެ 100 ގަރުނު ކުރިން ބޭނުންކުރި ކުރެހުންތަކެއް ކަން ފަހުގެ ދިރާސާއަކުން ސާބިތުވެފައި ވާތީ އެވެ.

އިތުރު ތަހުލީހުތައް ކުރުމުގެ ގޮތުން ތާރީހީ މިނިސްޓްރީން ވަނީ މިހާރު ސަންދޯކުގެ މަތިގަނޑުތައް ނަގާފަ އެވެ. ބައެއް ސަންދޯކުތަކުގެ ތެރެއިން މަމީސް ފެނިފައިވާއިރު އެއާއެކު ހަޒާނާތައް ވެސް ފެނިފައި ވެއެވެ. އަނެއް ބައި ސަންދޯކުތަކުން ފެނިފައި ވަނީ ހަމައެކަނި އިންސާނެއްގެ ކަށިގަނޑެވެ. މަމީސްތައް ރޫޅާލުމުގެ މަސައްކަތް މިހާރު މިނިސްޓްރީން ވަނީ ފަށާފަ އެވެ. އަދި ސަންދޯކުން ފިންގާ ޕްރިންޓު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބޭނުމަލޯ އެ ހިސާބުން މީގެ ކުރިން ފެނިފައިވާ ތާރީހީ ތަކެތީގައި ހުރި ފިންގާ ޕްރިންޓަކާ ދިމާވޭތޯ ބެލުމެވެ.