ޗިލީ

އިންސާނީ ތާރީހުގެ އެންމެ ދުވަސްވީ މަމީސްތައް ޗިލީގައި!

Jul 28, 2019

މިސްރުގައިވާ ބޮޑެތި ޕިރަމިޑުތައް ނުވަތަ އަހުރާމްތަކުގެ އެތެރޭގައި އެތައް އިންސާނެއްގެ ހަށިގަނޑު މަރުވުމަށްފަހު ކުނި ހަލާކު ނުވާނެ ގޮތަށް ތައްޔާރު ކޮށްފައިވާ މަމީސްތައް އެބަ ހުއްޓެވެ. ގަބޫލު ކުރެވޭ ގޮތުގައި އެންމެ ދުވަސްވީ އެފަދަ މަމިފައިޑް ގަބުރުތައް ހުރީ މިސްރުގެ ޕިރަމިޑުތަކުގެ ތެރޭގަ އެވެ. އެހެން ނަމަވެސް ދާދިފަހުން ސައިންސްވެރިންގެ ޓީމަކުން ބުނެފަވާ ގޮތުގައި އެންމެ ދުވަސްވީ މަމީސްތައް ހުރީ މިސްރުގައި ނޫންކަން މިހާރު ވަނީ ސާބިތު ކުރެވިފަ އެވެ. އެފަދަ ހަށިގަނޑުތައް ބަހައްޓާފައި ވަނީ ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ޗިލީގައި ކަމަށް ސައިންސްވެރިން ވިދާޅުވެ އެވެ.

ޗިލީގެ ހަނަފަސް ސަހަރާއަކުން މަމީތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ލިބުމުން، މަމީ ދިރާސާ ކުރާ ސައިންސްގެ ތަޖުރިބާކާރުންގެ ޓީމަކުން ޗައިލްގެ އަޓަކަމާ ޑެސާޓައް ދަތުރު ފަށައި ދިރާސާތައް ކޮށްފައި ވެއެވެ. އެތަނަށް ގޮސް ދިރާސާތައްކޮށްފައިވާ ތަޖުރިބާކާރުންގެ ޓީމަށް އެގުނީ އީސާގެ ފާނު ދުނިޔެއަށް ވަޑައިގަތުމުގެ 5000 ކުރިން ޗިލީގައި އިންސާނުންގެ ގަބުރު މަމިފައިޑް ކުރުމުގެ މަސައްކަތް ފަށާ އެކަން ކާމިޔާބު ކޮށްފައިވާ ކަމެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި މިސްރުގައިވާ މަމީސް ތަކަކީ އީސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 3000 އަހަރު ކުރިން އުފައްދާފައިވާ މަމީސްތަކެކެވެ.

ޗިލީގެ އާސާރީ ތަންތަން ދިރާސާކުރާ ފަރާތްތަކުން މިހާރު ބޭނުން ވަނީ ޗިލީން މަމީސް ފެނުނު ސަރަހައްދު ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އަރުވާށެވެ. އަދި މިސްރުގެ މަމީތަކާއި އެއްވަރަށް ޗިލީގެ މަމީސްތަކަށް ވެސް މީހުންގެ ޝައުގުވެރިކަން ލިބިގެން ދިޔުމަށެވެ.

ތަޖުރިބާކާރުންގެ ޓީމުން ބުނި ގޮތުގައި އެމީހުން އަޓަކަމާ ޑެސާޓަށް ގޮސް ބެލި ބެލުމުން ގަދީމީ ޒަމާނަށް ނިސްބަތްވާ 3000 ޗިންޗޯރޯ މީހުންގެ ހަށިގަނޑު މަމީގެ ގޮތުގައި ބަހައްޓާފައި ވަނިކޮށް ފެނިފައިވެ އެވެ. އަދި ބައެއް ދޫނިތައް ވެސް އެގޮތަށް ތައްުޔާރުކޮށްފައި ވަނިކޮށް ފެނިފައި ވެއެވެ. އެ މީހުން ބުނި ގޮތުގައި ޗިލީން ފެނިފައިވާ މަމީސްތަކަކީ އިންސާނުން ގުރުބާން ކުރާ ހަފުލާއެއްގެ ތެރެއިން މަރާލާފައިވާ ބައެއްގެ ހަށިގަނޑުކަން އިތުރަށް ދިރާސާ ކުރުމުން އެގުނެވެ.

"މަމީސްތައް ފެނިފައި ވަރަށް ބިރުގަތް، ސަބަބަކީ އެއީ މީހުން ގުރުބާންކުރާ ހަފުލާއެއްގައި ގުރުބާން ކޮށްފައިވާ ބައެއްގެ ހަށިގަނޑު، އަންހެނެއްގެ މޫނުގެ ހަންގަނޑު އެއްކޮށް ހުރީ ވަކިކޮށްފައި" ޗިލީއަށް ދިޔަ ޓީމުގައި ހިމެނޭ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ޕިޒިކަން އެންތްރޮލޮޖިސްޓެއް ކަމަށްވާ ބާނަންޑޯ އެރިއަޒާ ވިދާޅުވީ، އޭނާ ޗިލީއިން ފެނުނު މަމީސްތަށް 30 އަހަރު ވަންދެން ދިރާސާކުރި އެވެ. އެހެންވެ މިއީ އިންސާނީ ތާރީހުގައި އެންމެ ދުވަސްވީ މަމީސްތައް ކަން ޔަގީން ކުރެވިފައިވާ ކަމަށެވެ.