ސައިންސް

ގަދިމީ ޒަމާނު މީހުންގެ ނާށިގަނޑުގައި ލޯވަޅެއް!

Jul 30, 2019
4

މީގެ އެތައް ހާސް އަހަރެއް ކުރިން ގާދިމީ ޒަމާނުގައި އުޅެމުން ދިޔަ މީހުން ކުރަމުން ދިޔަ އާދަޔާހިލާފުކަމެއް އާކިއޮލޮޖިސްޓުންނަށް ފާހަގަވެފައި އޮވެ އެވެ. ގާދިމީ ޒަމާނުގެ މީހުންގެ ބޮލުގެ ނާށިގަނޑުގައި ލޯ ވަޅެއް ހުންނަނީ އެވެ. އާކިއޮލޮޖިސްޓުން ވަނީ މިކަމުގެ ހަގީގަތް ހޯދުމުގެ މަސައްކަތް އަހަރުތަކެއް ކުރިން ފަށައިގެންފަ އެވެ.

އިންސާނީ ދަރިފަސްކޮޅުގެ ކަންތައް ރިކޯޑްކޮށް ބެލެހެއްޓުމުގެ ކުރިން ގަދީމީ ޒަމާނުގައި މީހުން ދިޔައީ "ޓްރިޕެންޝަން" ކިޔާ އޮޕަރޭޝަނެއް ކުރަމުންނެވެ. މި އޮޕަރޭޝަން ކުރަނީ މީހަކަށް ނާރުގެ ބައްޔެއް ނުވަތަ އެހެން ކޮންމެވެސް ކަމަކާއި ގުޅިގެން ތަދެއް ވާނަމަ އެ ތަދު ކެނޑުވުމުގެ ބޭނުމުގަ އެވެ. މި އޮޕަރޭޝަން ކުރާއިރު އެއްވެސް ވަރަކަށް މީހާ އައްސިކޮށެއް ނުހަދަ އެވެ. ހޫނު ކޮށްފައިވާ ދަނގަޑެއް ނުވަތެއް އެ ނޫންވެސް ތޫނު އެއްޗެއް ބޭނުން ކޮށްގެން އެ މީހެއްގެ ބޮލުގެ ނާށިގަނޑުގައި ލޯ ވަޅެއް އަޅަނީ އެވެ.

މިއަދާ ހަމައަށް އާކިއޮލޮޖިސްޓުން ވަނީ މިގޮތަށް ލޯ ވަޅު އަޅާފައި ހުރި އެތަކެއް ހާސް އިންސާނެއްގެ ބޮލުގެ ނާށިގަނޑު ހޯދާފަ އެވެ. ނާށިގަނޑުގައި ލޯ ވަޅު ހުންނަ ސަބަބު ހޯދަން އާކިއޮލޮޖިސްޓުން ސައިންސްގެ އެހީގައި އެތަކެއް މަސައްކަތެއް ކުރި ނަމަވެސް އޮތީ ކާމިޔާބެއް ނުހޯދި އެވެ. ވިހި ވަނަ ގަރުނުގައި އެފްރިކާ އަދި ޕޮލިނީސިއާގައި މިދަފަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފަ އެވެ. އެ އޮޕަރޭޝަން ކުރީ ބޮލުގެ ނާރުތަކުގެ ބައްޔަށް ނުވަތަ ހަށިގަނޑުގައި ހުންނަ ތަދު ކެނޑުވުމުގެ ބޭނުމުގަ އެވެ.

އާކިއޮލޮޖިސްޓުން ބުނާ ގޮތުންނަމަ މިގޮތަށް ނާށިގަނޑުގައި ލޯ ވަޅެއް އަޅަނީ ބޮލުގެ ނާރުތަކުގައި މައްސަލަ ޖެހިގެންނެވެ. އެގޮތުން 20 ވަނަ ގަރުނުގައި ކުރި ޓްރިޕެންޝަން އޮޕަރޭޝަނާއި ގަދިމީ ޒަމާނުގައި ކުރި އޮޕަރޭޝަނާއި ތަފާތު ކަމެއް ހުރި ކަމަށްވެސް އާކިއޮލޮޖިސްޓުން ބުނެ އެވެ. އެމީހުން ބުނާ ގޮތުންނަމަ ޓްރިޕެންޝަން އޮޕަރޭޝަނެއް އެންމެ ފަހުން ކޮށްފައިވަނީ މީގެ 7،000 އަހަރު ކުރިން ގްރީސީ އާއި އެފްރިކާ އަދި ޕޮލިނީސިއާގަ އެވެ.

ފަހުގެ ހޯދުންތަށް ދައްކާ ގޮތުން 1900 ވަނަ އަހަރު ޕޮލިނީސިއާގައި މީގެ އޮޕަރޭޝަނެއް ކޮށްފައި ވެއެވެ. އެ ފަހަރު އެ އޮޕަރޭޝަން ކުރީ ޖިންނި މޮޔަވުމުގެ ސަބަބުން ޖިންނި ފައްސާލުމުގެ ބޭނުމުގަ އެވެ. އެހެންކަމުން މިއަދާ ހަމައަށްވެސް އާކިއޮލޮޖިސްޓުން ގަބޫލު ކުރާ ގޮތުގައި ނާށިގަނޑުގައި ލޯ ވަޅެއް އަޅަނީ ޖިންނިން ފައްސާލުމުގެ ބޭނުމުގަ އެވެ.

ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އާކިއޮލޮޖިސްޓުން ކުރި ތަހުލީލުން ނާށިގަނޑުގައި ލޯ ވަލެއް އެޅީ ބޭސްވެރި ކަމަކަށް ނޫން ކަން އެގިގެން ދިޔަ އެވެ.

ރަޝިއާގެ އާކިއޮލޮޖިސްޓުންތަކެއް 1997 ވަނަ އަހަރު ވަނީ ޓްރިޕެންޝަން އޮޕަރޭޝަން ކޮށްފައިވާ ބައެއްގެ ހަށިގަނޑު ކަނޑު އަޑީގެ ގަނބުރުސްތާނަކުން ހޯދާފަ އެވެ. ފަހުން އެގުނު ގޮތުގައި އެއީ އޮޕަރޭޝަން ކުރުމުގެ ތެރޭފައި މަރުވި މީހުންނެވެ. ރަޝިއާއިން ހޯދާފައިވަނީ މީގެ 5،000 އަހަރު ކުރީގެ ކަށިތަކެވެ.

މި ކަށިތައް ދިރާސާ ކުރެއްވި އާކިއޮލިޖިސްޓެއް ކަމަށްވާ އެލިނާ ބެޓިވިއާ ވިދާޅުވި ގޮތުގައި މީގެ ކުރިން ޓްރިޕެންޝަން އޮޕަރޭޝަން ކޮށްފައިވާ ގޮތާއި ކަނޑުގެ އަޑިން ފެނިފައިވާ ނާށިގަނޑު ތަކުގައި ޓްރިޕެންޝަން އޮޕަރޭޝަން ކޮށްފައިވާ ގޮތް ތަފާތުވުމުން އެއީ އޮޕަރޭޝަން ކުރުމުގެ ތެރޭގައި މަރުވި މީހުންކަން އެގުނެވެ.

އެލީނާ ވިދާޅުވި ގޮތުގައި ޓްރިޕެންޝަން އޮޕަރޭޝަން ކުރުމަށްފަހު މީހުން މަރުނުވެ ދިރި ތިބޭ ސަބަބު ހޯދަން ބޭނުންވި އެވެ. އެގޮތުން ކުރި ދިރާސާތަކުން ޓްރިޕެންޝަން އޮޕަރޭޝަން ކުރަން ޖެހެނީ ނާށިގަނޑުގެ ވަކި ދިމާއަކުން ވަކި ތަންކޮޅެއްގައި ކަން އެނގުނެވެ. އޭނާގެ ސުވާލު އުފައްދަނީ އެކްސްރޭއެއް ނުނެގޭ ޒަމާނެއްގައި އެފަދަ ބޮޑު އޮޕަރޭޝަނެއް ކުރި ގޮތެވެ. ޓްރިޕެންޝަން އޮޕަރޭޝަނަކީ ބޮލުގައި ސައިނަސް އުފެދޭ ދިމާ އާއި ސިދާވާ އޮބީލިއަން ޕޮއިންޓާއި ދިމާއަށް ލޯ ވަޅެއް އަޅައިގެން ކުރާ އޮޕަރޭޝަނެކެވެ.

ޓްރިޕެންޝަން އޮޕަރޭޝަން ކާމިޔާބު ކަމާއެކު ވެއްޖެނަމަ ބައެެއް ފަހަރު ނާށިގަނޑުގައި ހަދާ ލޯ ވަޅު އަމިއްލަ ބެދިގެން ދާއިރު އަނެއް ބާފަހަރު ބޭސް ކުރަން ވެސް ޖެހެ އެވެ. ޓްރިޕެންޝަން އޮޕަރޭޝަން ކޮށްފައިވާ އެތައް ބައެއްގެ ކަށިގަނޑުތަށް ފެނުނު ކަމުގައިވިޔަސް މިއަދާ ހަމައަށް މިކަމުގެ ފުރިހަމަ މައުލޫމާތު ހޯދިފައެއް ނުވެ އެވެ. ލަފާ ގާތް ކުރެވެނީ އެ ކަމަކީ ހަށިގަނޑާ އަވަލާ ޖިންނިން ފައްސާލަން ކުރާ ކަމެއްކަން އެކަންޏެވެ. އެކަންވެސް މުޅީން ޔަގީނެއް ނުވެ އެވެ.