ވިޔަފާރި

އެސްޓީއޯގެ 1500 ބަސްތާ ފިޔާހުރި ބޯޓެއް ފެތިއްޖެ

Oct 22, 2019
1

އެސްޓީއޯ އިން ރާއްޖެ ގެނައި 1500 ބަސްތާ ފިޔާ ހިފައިގެން އައި ބޯޓެއް ފެތިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖެއާ 100 މޭލެއްހާ ދުރުން ފެތިފައިވަނީ ރާއްޖެ އަށް ޕެރިސަބަލް ހިފައިގެން ދަތުރު ކުރާ ލަކުޑި ކުޑަ ބޯޓެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓުގައި ހުންނާނީ އެ ކުންފުނީގެ 1500 ބަސްތާ ފިޔާ ކަމަށާ، އެ ހުންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށެވެ.

ފިޔާ ހިފައިގެން އައި ބޯޓެއް ފެތުރުނުއިރު އިންޑިއާ އިން ފިޔާ ލިބުން ދަތިވެ މީގެ ދެ ހަފުތާ ކުރިން ފިޔާގެ އަގު ބޮޑުވި އެވެ. ނަމަވެސް އެ ގައުމުން ފިޔާ ލިބެން ފެށުމާއެކު ފިޔާ ކިލޯއެއްގެ އަގު ވަނީ 20ރ. އަށް ވެއްޓިފަ އެވެ.