ދުނިޔެ

އިރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް އެމެރިކާއިން ފިޔަވަޅު އަޅައިފި

އެމެރިކާއިން އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ހާމަނާއީ އަށް ދަތިކުރުމުގެ ގޮތުން ހާމަނާއީގެ ގާތް މީހުނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ. އެމެރިކާއިން ފިޔަވަޅު އަޅާފައި ވަނީ ހާމަނާއީއާ ގުޅުން އޮންނަ ނުވަ މީހަކަށެވެ.

ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި ހާމަނާއީގެ ފިރިހެން ދަރިފުޅު ވެސް ހިމެނެ އެވެ. ދެން ފިޔަވަޅު އަޅާފައި ވަނީ އިރާނުގެ ޖުޑިޝަރީގެ މެމްބަރުންނަށާއި ހާމަނާއީގެ ޗީފް އޮސް ސްޓާފްގެ އިތުރުން އިރާނުގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންގެ މައްޗަށެވެ.

ހާމަނާއީއަށް ދަތިކުރުމުގެ ގޮތުން އޭނާގެ އަރިސް ބޭފުޅުންނަށް ފިޔަވަޅު އެޅީ، މީގެ 40 އަހަރު ކުރިން ތެހެރާންގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވަދެ އެމެރިކާގެ 50 މީހުން ރަހީނު ކުރި ކުރުމާ ގުޅުވަ އެވެ.

އެމެރިކާއިން ކުރިން ވަނީ ރޫހާނީ ލީޑަރަށް އަށް އަމާޒުކޮށް ގާތް ބޭފުޅުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.