ހަބަރު

ހަތްވަނަ ބުރީގެ ލިފްޓް ގޮޅިން ވެއްޓުނު މީހަކަށް ބޮޑެތި އަނިޔާ

ގެއެއްގެ ހަތްވަނަ ބުރީގެ ލިފްޓް ގޮޅިން ބިދޭސީއަކު ވެއްޓި ބޮޑެތި އަނިިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގެ ހަތްވަނަ ބުރީގެ ލިފްޓް ގޮޅިން ދޮންނަ މެޝިނެއް ބާލަން އުޅެނިކޮށް މީހގަކު ވެއްޓި، ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭނާ ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވަނީ 15:33 އެހާކަންހާއިރު ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ ސަބަބު ތަހުގީގު ކުރަމުންދާ ކަމަށެވެ.