ހަބަރު

ރާއްޖެ އެތެރެ ކުރި ޕާޓީ ޑުރަގުތަކެއް އަތުލައިފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސް ތަކެއް މޯލްޑިވްސް ކަސްޓަމް ސާވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމުން ބުނީ މަސްތުވާތަކެތި އެ އަތުލައި ގެންފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ޕާރްސަލްތައް ކަނޑާ ބެލުމުގެ މަސައްކަތް ކުރުމުގެ ތެރެއިން ކަމަށެވެ. އަތުލި މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ، އެކްސްޓަސީ 11 ގުޅަ އާއި، ގްރޭޓް އެލްއެސްޑޫގެ 100 ސްޓޭމްޕާއި އެމްޑީއެމްއޭގެ 58 ގްރާމުގެ އިތުރުން އެމްފެޓަމިންގެ 32 ގްރާމެވެ.

މި މަސްތުވާތަކެތީގެ ތަކެތި އައިސްފައި ވަނީ އިނގިރޭސި ވިލާތާއި ނެދަލޭންޑުންނެވެ. އެ ތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާއިރު އޭގެ މަގުމަތީ އަގު 278,000 ރުފިޔާއަށް އަރަ އެވެ.