މަސްތުވާތަކެތި

1.4 މިލިއަން ރުފިޔާ ޕާޓީ ޑްރަގު އަތުލައިފި

Oct 22, 2020
1

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ ޕާޓީ ޑްރަގް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގަތީ އެ ތަކެތި ތަފާތު 12 ފަހަރެއްގެ މަތިން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށެވެ. އެއީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރޭގަ އެވެ. އެ ތަކެތީގެ ބަރުދަނުގައި 503 ގްރާމް ހުއްޓެވެ.

އަތުލި ޕާޓީ ޑްރަގުގެ ތަފުސީލް

ކެޓަމިން: 12 ގްރާމް
އެކްސްޓެސީ: 12 ގްރާމް
ކެނަބިސް: 1 ގްރާމް
އެކްސްޓެސީ: 47 ގްރާމް
ކޮކޭން: 248 ގްރާމް
އެކްސްޓެސީ: 10 ގްރާމް
ކެނަބިސް: 128 ގްރާމް
އެކްސްޓެސީ: 17 ގްރާމް
އެކްސްޓެސީ: 16 ގްރާމް
ކެނަބިސް: 6 ގްރާމް
ކޮކޭން: 3 ގްރާމް
ކޮކޭން: 3 ގްރާމް

ޕާޓީ ޑްރަގް އެތެރެކޮށްފައި ވަނީ ތިން ގައުމަކުން ކަމަށެވެ. އެއީ ނެދަލެންޑާއި އިތޯޕިއާ އަދި ގްރޭޓް ބްރިޓަން އިންނެވެ. އަތުލައިގަތް ޑްރަގުގެ މަގުމަތީ އަގު ގާތްގަނޑަކަށް 1,475,800 ރުފިޔާއަށް އަރަ އެވެ. އެ ޑްރަގުރައް މިހާރު ވަނީ ފުލުހާ ހަވާލުކޮށް ތަހުގީގެއް ފަށާފަ އެވެ.