މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިންޑިއާއިން އައި މީހެއްގެ އަތުން ދެ ކިލޯ ޑްރަގް އަތުލައިގެންފި

މިމަހު 20 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް އައި 24 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި ކަސްޓަމްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސްއިން ބުނީ ރާއްޖެ އައި އެ މީހާގެ އަމަލުތަށް ހުރި ގޮތުން އޭނާ އާމެދު ޝައްކު ކުރެވިގެން ކަސްޓަމް އިން އޭނާގެ ލަގެޖްތަށް ބަލައި ފާސްކުރި ކަމަށެވެ. އަދި މިފާސް ކުރުމުގައި އޭނާގެ ލަގެޖު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މުށި ކުލައިގެ ދިޔާ އެއްޗެއް ޕެކެޓެއްފައި ބަންދުކޮށްފައި ހުއްޓާ ފެނުނު ކަމަށެވެ.

ކަސްޓަމް އިން މިތަކެތި ތަހުލީލިކުރިއިރު ޕެކެޓެއްގައި ބަންދު ކޮށްފައި ހުރި މިތަކެތި މަސްތުވާތަކެތީގެ ބާވާތެއް ކަމަށްވާ ހަޝިޝް އޮއިލް އަސް ޕޮސިޓް ވެފައިވާ ކަމަށް ކަސްޓަމް އިން ވަނީ ބުނެފަ އެވެ. ކަސްޓަމް އިން ބުނީ ރާއްޖެ އައި އެމީހާއި، އެމީހާގެ ލެގެޖުން ފެނުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށް، ފުލުހުން އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

ކަސްޓަމް އިން ވަނީ މިމަހު 10 ވަނަ ދުވަހު ރާއްޖެ އެތެރެ ކުރަން އުޅުނު ބައިކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފަ އެވެ. އަދި މިމަހު 17 ވަނަ ދުވަހު ކްރިއާ މެދުވެރިކޮށް ނެދަލެންޑުން ރާއްޖެ ގެނައި ތިން ޕާރްސަލަކުން މަސްތުވާތަކެތި އަތުލައި ގަނެފަ އެވެ.