ހަބަރު

ޖަލުން ފިލައިގެން އުޅޭ މީހަކު ހޯދަނީ

Dec 11, 2019
3

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުރި މީހަކު ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ ފިލާފައިވާ މީހާއަކީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާއަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރުމަށް މާލެ ފޮނުވުމަށް މި މަހުގެ ނުވަވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށެވެ.

އެމީހާ ފިލާފައިވަނީ މިއަދު އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ބުންޏެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.