ރިޕޯޓް

ނަވާގެ ކުޑަ އުމްރާ ވެރިޔާ ކިޔައިދޭ ވާހަަކަ!

އުމުރުން ހަ އަހަރުގެ މޫސާ މުސާފު މޫސާ އަވަސް އަށް ދީފައިވާ ވީޑިއޯ އިންޓަވިއު

އުމުރުން ހަ އަހަރުގެ މޫސާ މުސާފް މުސްތޮފާގެ ބައްޕައާ މަންމަ، އާއިލާގެ އެހެން މެންބަރުންނާއެކު އުމްރާގެ އަޅުކަމަށް ދާން ނަވާ ހައްޖު، އުމްރާ ޕްރައިވެޓް ލިމިޑެޓެޑް ހިޔާރު ކުރި އެވެ. އެ އާއިލާއިން ނަވާ ހިޔާރު ކުރީ މީގެ ކުރިން އެ ގުރޫޕުގައި ހިމެނި އުމްރާއަށްދިޔަ ބައެއް މީހުންގެ ފަރާތުން އައި ރަނގަޅު ކޮމެންޓްތަކަށް ބަލައިގެނެވެ. ނަވާ ގުރޫޕްގެ ހިދުމަތް ވަރަށް ރަނގަޅެވެ. ގާބިލް ޓީމެއް ހަރަކާތްތެރިވެ އެވެ.

ހުރިހާ ގޮތަކުން ވެސް ބައިވެރިންނަށް އެ ޖަމާއަތް 100 ޕަސެންޓް ދޭން ގަދަ އަޅަ އެވެ. އެހެންވެ މިދިޔަ ޑިސެމްބަރު މަހު ނަވާގެ އުމްރާ ދަތުރުގެ ބައިވެރިންގެ ތެރެއަށް އެ އާއިލާ ވަނެވެ. އުމްރާ ނިންމާލީ ވެސް ވަރަށް ހިތްހަމަޖެހިގެނެވެ. އާއިލާއިން ނަވާއަށް ދޭ ޖަވާބަކީ "ހިދުމަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ" އޭ އެވެ. އެ ޖަވާބަށް ނަވާ ވެސް އޮތީ ވަރަށް ހިތްހަމަ ޖެހިގެނެވެ. އެއަށްވުރެ ބޮޑު ހިތްހަމަޖެހުމަކަށްވީ އެ އުމްރާގެ ބައިވެރިންގެ ތެރޭ ހިމެނުނު އެ އާއިލާގެ ކުޑަކުޑަ މުސާފުގެ ފަރާތުން ގެނެސްދިން އުފާވެރި ކަމެވެ. މުސާފް ސަބަބުން ޖަމާއަތަށް ލިބުނު ދިރުމެވެ އެންމެންގެ ހިތަށް ގެނެސްދިން އުފާވެރި އިހުސާސެވެ.

އެ ޖަމާއަތުގެ ޑިސެމްބަރު އުމްރާ ދަތުރުގެ އެންމެ ހަގު އުމްރާވެރިއަކީ މުސާފެވެ. މުޅި އެ ދަތުރުގައި "މުސާފުގެ ލޯބީގައި" ނުޖެހޭ ހަމަ އެކަކުވެސް ނެތެވެ. އޭނާގެ ހަލަނި ކަމާއި ދައްކާ އުފާވެރި ވާހަކަތަކުން އެންމެނަށް އުފާވެރިކަން ގެނެސް ދިނެވެ. އެހެންވެ މުޅި ދަތުުރުގެ އަޅުކަމުގެ ބައި ނެއްޓުމުން ދެން އޮތް އުފާވެރިކަން ގުޅިފައި އޮތީ މުސާފްއާ އެވެ. ހާއްސަކޮށް އޭނާގެ ވާހަކަވެ. މައްކާއިން މަދީނާއަށް ކުރި ދަތުރުތަކުގައި އަދި ހޮޓަލުން ހަރަމްފުޅަށް ހިނގި އިރު އުމްރާ ބައިވެރިންގެ އެންމެ ބޮޑު އެކުވެރިއަކަށްވީ ވެސް މުސާފެވެ. އެންމެން ގާތްކޮށްދީ ބީރައްޓެހިކަން ފިލުވައި ދިނީ އޭނާ އެވެ. އެނާވީ ނަވާގެ "ކުޑަ މެނޭޖަރަ" ށެވެ.

އުމްރާ ފެށުނީ ވެސް އަދި ނިމުނީ ވެސް އޭނާ ހޯދައި ދިން އުފާވެރި މާހައުލާއެކު އެވެ. އޭގެ ފަހށް އުމްރާ ދަތުރުގެ ތަޖްރިބާތައްވެސް މުސާފް ވަނީ ހިއްސާކޮށްފަ އެވެ. އިހްރާމް އަޅައި ނަވާގެ މެނޭޖަރުގެ ކާޑެއް ވެސް ކަރުގައި އަޅުވާލައިގެން އަވަސް އަށް އިންޓަވިއުއެއް ދޭން އޭނާ ފުރަތަމަ އެހީ ތިޔައީ ކޮންތަނެއްގެ ނޫސްވެރިނެއް ހެއްޔޭ އެވެ! އަދި ވީޑިއޯ ފެންނާނީ ކިހިނެއް ހެއްޔޭ ވެސް އެއްސެވެ!

އޭނާ ބުނާ ގޮތުން އުމްރާގެ އަޅުކަމުގައި ވަރަށް އުފާވެރި އިހުސާސްތަކެއް އޭނާއަށް ކުރެވުނެވެ. އަދި އޭނާއަށް ވިސްނުނުނު ގޮތުގައި ކުޑަކުދިން އާއިލާއާއެކު ޗުއްޓީއަށް ދާން އެންމެ ރަނގަޅީ މައްކާ ކަމަށް ވެސް ގަބޫލު ކުރެވުނެވެ.

"އަދި އުމްރާއަށް ދާންވީވެސް ނަވާ ގުރޫޕުން" އޭނާ ބުނި އެވެ. އެއީ ކީއްވެގެން ކަން ވެސް އޭނާ ކިޔައި ދިނެވެ. މުސާފު ބުނާ ގޮތުގައި "ނަވާ ގުރޫޕްގެ ބޭބެއިން ވަރަށް ރަނގަޅެ" ވެ. އަދި ހާއްސަކޮށް ޝައިޚް މުޖްތަބާ އަދި ނަސީފް ބޭބެގެ ނަން ފާހަގަ ކުރާން ޖެހެ އެވެ.

އުމްރާ ދަތުރު ސިފަ ކުރަމުން މުސާފް ބުނި ގޮތުގައި މައްކާގެ ބިމަށް ދެވުމުން ދުވަހަކު ވެސް އުފާ ނުވާވަރަށް އޭނާ އުފާވި އެވެ. އަދި އުފާވެލާފައި އޭނާ ވަނީ އުމްރާ ދަތުރުގެ ބޭނުން ވެސް ކިޔައިދީފަ އެވެ.

"މުސާފް އުމްރާއަށް ދިޔައީ ނަމާދުކުރާންށާ ދުއާ ކުރާށާއި ގެފުޅުގައި އަތްލުމަށް،"

"އުމްރާއަށް ހުރިހާ ކުދިންވެސް ދާންޖެހޭ. އަޅުކަމުގެ ގިނަ ވަގުތު ހޭދަ ކުރުމަކީ ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އެއްވެސް ވަރަކަށް ބަނޑުހައެއް ނުވޭ. ކުޑަކޮށް ވަރުބަލިވުމުން ހަދާ ގޮތަކީ ޒަމްޒަމް ފެން ބޯލަނީ. އަދި މޫނުގައި އުނގުޅާލަނީ. ދެން ވަރަށް ދޮންވެސްވޭ... އެންމެ އުފާވީ ގެފުޅުގައި އަތްލެވުނު ވަގުތު... ބައެއް މީހުން ރޯނެ. މުސާފަށް ވެސް ރޮވުނު އެވަގުތު."" މުސާފް ޝައުގުވެރިކަމާއެކު ދަތުރުގެ ވާހަކަތައް ކިޔައިދިނެވެ.

އަދިވެސް އޭނާ ސިފަކޮށްދޭން އުޅުނެވެ: "އެއީ ވަރަށް މީހުން ގިނަ ބިމެއް. މުސާފު ވެސް މުޅިން އުޅެން ޖެހުނީ ފިތިގެން. އެހެނަސް ނަވާގެ ނަސީފު ބޭބެމެން ވަރަށް ރަނގަަޅު. އަބަދުވެސް މުސާފްމެންނަށް އެހީތެރިވެދޭ،"

މުސާފްގެ ވާހަކަ ނިންމާލީ ހުރިހާ ކުދިން ވެސް ޗުއްޓީއަށް އުމްރާއަށް ދާން އަޒުމެއް އާކުރަން ނަސޭހަތް ދެމުންނެވެ.

ހުރިހާ ގޮތަކުން ތަފާތު ނަވާ ގުރޫޕް

ނަވާ ގުރޫޕުން މިހާރު ތައްޔާރުވަމުން ދަނީ ކުރިއަށް އޮތް މާޗް މަހު އަދި ރޯދަ މަހުގެ އުމުރާ ދަތުރުތަކަށެވެ. މާޗް މަހުގެ ތެރޭގައި އުމްރާ ދެ ދަތުރު އަދި ރޯދަ މަހާ ދިމާކޮށް ވެސް އުމުރާގެ ދެ ދަތުރު އޮންނާނެ އެވެ. މާޗް މަހު އޮންނާނީ 10 ދުވަހުގެ އުމްރާ ދަތުރަކާއި، 15 ދުވަހުގެ އުމްރާ ދަތުރެކެވެ. ރޯދަ މަހު 15 ދުވަހުގެ އުމްރާ ދަތުރަކާއި 25 ދުވަހުގެ އުމްރާ ދަތުރެކެވެ.

ނަވާގެ އިދާރީ މައުލޫމާތު

ކުރިޔަށް އޮތް ދަތުރުތަކަށް މިހާރުވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ. ނަވާ ހައްޖު، އުމްރާ ޕްރައިވެޓް ލިމިޑެޓްގެ އޮފީސް ހުންނާނީ މާވެޔޮމަގު - މޯނިން ހައުސްގެ ފުރަތަމަ ފަންގިފިލާގައެވެ.

  • އޮފީސް ހުޅުވިފައި ހުންނާނީ ރޭގަނޑު 8:00 އިން 11:00 އަށް
  • ހުރިހާ ވަގުތަކު 7775886، 7775894 7935449 މި ނަންބަރުތަކުން ގުޅޭނެ

ނަވާއިން ކޮންމެ އަހަރަކުވެސް ހަތަރު ދުވަސްވަރެއްގައި އުމްރާއަށް މީހުން ގެންދާނެއެވެ. އުމްރާ ދަތުރުތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައި ވެއެވެ. އޭގެ ތެރޭގައި ޑިސްކައުންޓް ލިބޭ ޕެކޭޖްތަކެއް ވެސް ވެއެވެ. އަދި 12 އަަހަރުން ދަށުގެ ކުދިންނަށް ހާއްސަ އަގުތަކެއް ހަމަޖައްސައި ގިނަ މީހުން އެކުލެވޭ ގުރޫޕްތަކަށާއި އާއިލާތަކަށް ވެސް ހާއްސަ އަގުތަކެއް ހަދާފައި ވެއެވެ.

ކަސްޓަމައިޒް އަދި ވީއައިޕީ އުމްރާ ދަތުރުތައް

ކަސްޓަމައިޒް އުމްރާ ދަތުރުތައް ވެސް ނަވާ ގުރޫޕުން އިންތިޒާމް ކޮށްދެ އެވެ. އާއިލާއާއެކު އުމްރާގެ އަޅުކަމަށް ދާން ބޭނުންވާ ކޮންމެ ދުވަސްވަރެއްގައި އެ އިންތިޒާމް ވެސް ހަމަޖައްސައި ދޭއިރު ބޭނުންވާ ހޮޓަލެއްގައި ތިބުމުގެ ފުރުސަތުގެ އިތުރުން ކެއިން ބުއިމުގެ ހިދުމަތް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެއެވެ.

"މިސާލަކަށް ބަޔަކު ބޭނުންވަނީ މުޅި އާއިލާއެއްކޮށް ވަކި ދުވަސްވަރެއްގައި އުމްރާއަށްދާން. އިންޝާﷲ އަޅުގަނޑުމެން އެ އިންތިޒާމުތައް ހަމަޖައްސައިދޭނަން. އަދި އެބޭފުޅުން ތިއްބަވަން ބޭނުންވާ ކޮންމެ ހޮޓަލެއް ހަމަޖައްސައި ދެވޭނެ. އެގޮތުން އެ ބޭފުޅުން ބޭނުންވީ ގަޑި ޓަވަރުގައި ނުވަތަ މަދީނާ ވަކި ހޮޓަލެއްގައި ތިބެން. އެފަދަ އިންތިޒާމުތައް ވެސް ނަވާއިން ހަމަޖައްސައިދޭނެ." ނަވާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކައިވެންޏަށްފަހު ހަނީމޫން ދަތުރުދާން ބޭނުންވާ ފަރާތްތަކުގެ އުމްރާ ދަތުރު ވެސް އިންތިޒާމު ކޮށްދެއެވެ. އެފަދަ ފަރާތްތައް މައްކާ އަދި މަދީނާއަށްގޮސް އުމްރާ ވުމުގެ ފުުރުސަތު ހޯދާ ދިނުމާއި، އެފަދަ ދަތުރުތައް ރާވާ އިންތިޒާމް ކޮށްދެއެވެ.

"ހަނީމޫނަށް ބަޔަކު ދާން ބޭނުންވަނީ ތުރުކީއަށް. އެއަށްފަހު ތުރުކީ މަގުން މަދީނާ އަށް އަދި އޭގެ ފަހުން މައްކާއަށް ގޮސް އުމްރާގެ އަޅުކަން އަދާކުރަން. އެ ފުރުސަތު ވެސް ނަވާއިން ހޯދާދޭނަން. އިންޝާﷲ އެފަދަ ބޭފުޅުންނަށް ވެސް އެ ދަތުރުތައް ޕްލޭން ކޮށްދިނުމުގެ ހިދުމަތް އަޅުގަނޑުމެން ދެން."

ވީއައިޕީ ދަތުރުތައް ވެސް އެ ޖަމާއަތުން އިންތިޒާމުކޮށްދެ އެވެ. އެ ދަތުރުގައިވެސް ބޭނުންވާ މުއްދަތެއް ކަނޑައެޅުމާއި، ބޭނުންވާ ހޮޓަލެއްގައި ތިބުމުގެ ފުރުސަތު ތަނަވަސްކޮށް ދެއެވެ. އަދި އަގީގާ ކަތިލުމުގެ ފުރުސަތު ވެސް ނަވާ ގުރޫޕުން ހުޅުވާލާފައި އޮވެއެވެ. ކުދިންނަށް ނަން ކިޔަން އަގީގާ ކަތިލައި ދިނުމުގެ ހިދުމަތް ނަވާގެ އޮފީހަށް ނުވަތަ ނަވާގެ ނަންބަރުތަކަށް ގުޅާލުމުން ހަމަޖެހެ އެވެ.

ހަރަމްފުޅާ ކައިރި ހޮޓަލެއް، ކެއުން ރަނގަޅު

ނަވާގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށްދާ މީހުން ތިބޭނީ ހަރަމްފުޅާ ވަރަށް ކައިރި ހޮޓަލެއްގަ އެވެ. ރަނގަޅު ފެންވަރުގެ އެ ހޮޓަލުން ހިނގާފައި އަށެއްކަ މިނެޓްތެރޭ ހަރަމްފުޅަށް ދެވޭނެ އެވެ. އަދި މަދީނާގައި ތިބޭ ހޮޓަލަކީ މަދީނާގެ މިސްކިތާއި ދާދި ގާތުގައިވާ ފެންވަރު ރަނގަޅު ހޮޓަލެކެވެ. އެގޮތުން ނަވާގެ އުމްރާވެރިންނަށް ހޮޓަލުން މިސްކިތަށް ދިއުމަށް ހޭދަވާނީ ހަތަރު މިނެޓެވެ.

މި ގުރޫޕްގެ އެންމެ ހާއްސަ ކަމަކީ އަދި މިހާތަނަށް އެ ގުރޫޕުން އުމްރާއަށް ދިޔަ ހުރިހާ އެންމެން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ ކެއުމުގެ ފެންވަރު ރަނގަޅުވުމެވެ. ގައުމުން ބޭރުގައި ތިބި ނަމަވެސް ދިވެހިންގެ ރަހަތައް އުމްރާ ވެރިންނަށް ލިބޭނެ އިންތިޒާމްވާނީ ހަމަޖެހިފަ އެވެ. ވަކި ދުވަސްތަކެއްގައި މުޅިން ދިވެހި ކެއުމުގެ ބާވަތްތައް ލިބޭނެ އެވެ. އަދި ދިވެހިންގެ މެދުގައި މަގުބޫލް އެހެން ބާވަތްތަކުގެ ކެއުންވެސް ލިބެން ހުންނާނެ އެވެ.

އެހެން ގިނަ ގުރޫޕްތަކާއި ހިލާފަށް ކޮންމެ ދުވަހެއްގެ ހަވީރު ދިވެހި ރަހަތައް އެކުލެވޭ ހެދިކާއާއެކު ސައި ލިބެ އެވެ. އަދި ކޮންމެ ދަތުރެއްގެ ތެރެއިން އެ ދަތުރަކަށް ހާއްސަ ކުރެެވިފައިވާ ކެއުން ލިބެން ހުރެ އެވެ.

ތަޖުރިބާކާރު އަދި ޒުވާން ޓީމެއް

ނަވާއިން ދޭނެ އެންމެ ބޮޑު ޔަގީން ކަމަކީ ނަވާގެ ހަވާލުގައި އުމްރާއަށްދާ މީހުންނާ ހަވާލުވާނީ ތަޖުރިބާހުރި ޒުވާން ޓީމެވެ.

އުމްރާގެ އަޅުކަމާ ގުޅޭ މައުލޫމާތު ދެއްވާނީ ދީނީ އިލްމުވެރިޔާ ޝައިހް މުޖްތަބާ ހަމީދެވެ. އުމްރާގެ އަޅުކަމާއި ގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާ ކުރައްވާނެ އެވެ. އުމްރާގެ ބައިވެރިންނާއެކު ކޮންމެ އަޅުކަމެއްގައި ޝައިހް ބައިވެރިވެ ވަޑައިގަންނަވަނެ އެވެ.

ނަވާގެ އެއް ޑިރެކްޓަރު ސާދުނާ އަބްދުލްޣަފޫރު (ސާއްތަ) ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. ސާދުނާއަކީ ގިނަ ބަޔަކު ދަންނަ އަދި އުމްރާގެ އަޅުކަމަށް ވަރަށް ފަރިތަ ބޭފުޅެކެވެ. ސައުދީގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނަށް ފަރިތަ ބޭފުޅެކެވެ. އެހެން ކަމުން ނަވާ އިހްތިޔާރު ކުރައްވާ ބޭފުޅުންނަށް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މީގެ އިތުރުން ނަވާގެ މުޅި ޓީމަކީ ވަރަށް ޒުވާން ޓީމެކެވެ. ނަވާގެ ހަވާލުގައި އުމްރާއަށްދާ މީހުންގެ ހިދުމަތުގައި މުޅިންވެސް އޮތީ ޒުވާން ޓީމެކެވެ. އެއީ ދުވަސްވީ މީހުންނާއި، ކުޑަކުދިންނަށް އަޅާލާނެ އޯގާތެރި ޓީމެކެވެ.