ހަބަރު

މަައުލޫމާތު ހޯދަން އެދުމުން އަމަލުކުރި ގޮތް އަންގަންޖެހޭނެ: އައިކޮމް

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން ހޯދަން އެދޭ މައުލޫމާތާއި، އެ ހުށަހެޅުމާއި މެދު އަމަލުކުރި ގޮތް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ހިިއްސާ ކުރަން އަންގައިފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އެންމެހާ އިދާރާތަކަށާއި، އިދާރާތަކުގެ އެންމެ އިސްވެރިންނާއި، ޒިންމާދާރު ވެރިންގެ އިތުރުން އިންފޮމޭޝަން އޮފިސަރުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ އިދާރާތަކުގައިވާ މަޢުލޫމާތު ހޯދައި ލިބިގަމު ގެ ހައްގު ކަށަވަރުކޮށް ދިނުން ކަމަށެވެ.

އެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން މައުލޫމާތު ހޯދުމާއި ލިބިގަތުމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް ތަންފީޒު ކުރެވޭނެ ހައްގެއްކަން ކަށަވަރު ކުރުމަށް، އިދާރާތަކަށް ހުށަހެޅޭ ހުށަހެޅުންތަކާއި، ހުށަހެޅުމަށް އަމަލުކުރި ގޮތް އެ އޮފީހަށް އެނގުމަކީ ވެސް މުހިންމު ކަމެއް ކަމަށް ފެންނަ ކަމަށެވެ.

އަދި ބުނެފައި ވަނީ މިއަދުން ފެށިގެން ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތާއި ހުށަހެޅުންތަކަށް ޖަވާބު ދިނުމަށްފަހު އެ މައުލޫމާތު 10 ދުވަހުގެ ރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އަންގަން ޖެހޭނެ ކަމަށެވެ.