ހަބަރު

ސެކިއުރިޓީ ގާޑަކަށް ހަމަލާދިން ކުއްޖަކު ހައްޔަރުކޮށްފި

Jan 17, 2020

ސްޓޭޓް ބެންކް އޮފް އިންޑިޔާ (އެސްބީއައި)ގެ ސެކިއުރިޓީ ގާޑަށް ހަމަލާ ދިން މައްސަލާގައި ކުޑަ ކުއްޖަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެސްބީއައި ކައިރީގައި ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ މީހަކަށް، އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ތަޅައި މާރާމާރީ ހިންގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:21 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި ކުޑަ ކުއްޖާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.