ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު

އެންމެން މާސްކު އަޅާ ގަޑިއެއް އަދި ނުޖެހޭ!

ރާއްޖެއަށް ބަލިމަޑުކަމެއް، ރޯގާއެއް ވަރަށް ބޮޑަށް ފެތުރިގެންދާ ކޮންމެ ފަހަރަކު އެންމެ އަވަހަށް ހުސްވާ އެކައްޗަކީ ސާޖިކަލް މާސްކެވެ. އެންމެ ފަހުން 2017 ވަނަ އަހަރުގެ ތެރޭގައި ސްވައިން ފްލޫ ވައިރަސް ބާރު މިނުގައި ފެތުރުމުން "މުޅި މާލެ މާސްކް" އެޅި އެވެ. އޭރުގެ އިރުޝާދަކީ ވެސް މާސްކު އަޅައިގެން އުޅުމެވެ.

ނަމަވެސް މިހާރު ނުރައްކާތެރި ކޮވިޑް-19 ފެތުރިގެން އުޅޭއިރު ޑަބްލިއުއެޗްއޯގެ އިރުޝާދަކީ ބަލިން ރައްކާތެރިވާން ހުރިހާ އެންމެން މާސްކު އަޅައިގެން އުޅޭކަށް ނުޖެހެ އެވެ. މި ބަލީގައި މާސްކް އަޅައިގެން އުޅެން ޖެހެނީ ސިއްހީ މަސައްކަތްތެރިންނާއި ބަލި މީހުންނާއި ދުވަސްވީ މީހުނެވެ.

މިވަގުތައް އެންމެން މާސްކު އަޅައިގެން އުޅުމުގެ ސަބަބުން ރިސްކު ބޮޑުވާ ވެދާނެ ހާލަތްތަކާއި، އެންމެން މާސްކު އަޅައިގެން އުޅެން ޖެެހޭ ވަގުތުގެ ވާހަކަ، އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި އައިޖީއެމްއެޗްގެ މެޑިކަލް އޮފިސާ އައިމިނަތު ޒުލްފާ މުހައްމަދު ތަފްސީލުކޮށް ދެއްވޭފައި ވެއެވެ.