ހަބަރު

ޖިންސީ ގޯނާއަށް ހިތްވަރު ދޭ މެންބަރުންނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ

Jan 23, 2020

ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއަށް ހިތްވަރު ދީގެން ވާހަކަ ދައްކާ މެންބަރުންނަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އެމްޑީޕީން ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްޑީޕީ ސެކެޓްރިއޭޓް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަކީ އެ ޕާޓީގެ އެންމެ މައި ވިސްނުން ކަމަށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތައް ވާހަކަ ދައްކާ އަދި އެ އަމަލު ކުރާ މެންބަރުން ދެނެގަތުމަށް ޕާޓީގެ ފިޔަވަޅު އަޅައި ކޮމިޓީން މިއަދު 12:00 ހާއިރު ބައްދަލުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅޭ ގޮތުން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެމްއާރްއެމް ޕާޓީން ވެސް ވަނީ ބައްދަލުވެފަ އެވެ. އެގޮތުން އެ ޕާޓީން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައި ވަނީ ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހައްލު ކުރުމަށް އެ ޕާޓީން ކުރާނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.